އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް (ޞޢވ) އަށް ޞަލަވާތާ ސަލާމް ދެއްވެވުން އެދި ދުޢާކުރުމަކީ ހާސްކަމާ ނުތަނަވަސްކަން ފިލައިގެންދާ ކަމެއް: އިމާމް މާޒިން

ރަސޫލް (ޞޢވ) އަށް ޞަލަވާތާ ސަލާމް ދެއްވެވުން އެދި ދުޢާކުރުމަކީ ހާސްކަމާ ނުތަނަވަސްކަން ފިލައިގެންދާ ކަމެއް: އިމާމް މާޒިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލް (ޞޢވ) އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރުމަކީ ވަރަށް ގިނަ ނިޢްމަތްތައް ލިބިގެންދާ ކަމެކެވެ. ވަރަށް ގިނަ ފައިދާތައް ލިބޭ ކަމެކެވެ. އެއިގެ ތެރޭގައި ހާސްކަމާއި ނުތަނަވަސްކަން ފިލައިގެންދިއުން ވެސް ހިމެނެއެވެ. ތަޖުރިބާކޮށްލުމުގެ ގޮތުން ނަމަވެސް ކަންބޮޑުވާންޖެހޭ ހާލަތުގައި ނިކަން ރަސޫލް (ޞޢވ) އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކޮށްބަލާށެވެ. ތަފާތުފެންނާނެއެވެ. މީހާއަށް ހަމަޖެހުން ލިބިގެންދާނެއެވެ. 

މިހައި ޔަޤީންކަމާއިއެކު މިބުނަނީ އެކަމަކީ އަހަރެން އަމިއްލައަށް ތަޖުރިބާ ކުރަމުން އަންނަ ކަމަކަށްވާތީއެވެ. ކަންބޮޑުވާންޖެހޭ ކަމެއް މެދުވެރިވެއްޖެނަމަ އަހަރެން ހުރި ފިޔަވަޅުމަތިން ގުޑައިލަނީވެސް ރަސޫލް (ޞޢވ) އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރަމުން ގޮސް އެކަމުގެ ހިތްހަމަޖެހުން ލިބިގަތުމަށްފަހުގައެވެ. އަހަރެން އެގޮތަށް އެކަން ކުރާތީ ނަމަވެސް އެކަމުން އަހަރެންނަށް ﷲ ތަޢާލާ ހިތްހަމަޖެހުން ދެއްވަވައެވެ.

ރަސޫލް (ޞޢވ) އަށް ޞަލަވާތާ ސަލާމް ދެއްވެވުން އެދި މަލާއިކަތް ބޭކަލުންވެސް ދުޢާ ކުރައްވަވަތެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. "ﷲ އާއި އެކަލާނގެ މަލާއިކަތުން، ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ." އަހަރެން އެގޮތަށް އަމަލުކުރަން ފެށީ މިއާޔަތުން އެކަމުގެ މާތްކަމާއި މަތިވެރިކަން ދެނެގަނެގެންނެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ކަންބޮޑުވުން ކުރިމަތިވާ ވަގުތުތަކުގައި ރަސޫލް (ޞޢވ) އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރުމަށެވެ. ދީނީ ޢިލްމުވެރިން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވަވައެވެ. ދަރުސް އެއް ދެއްވަން ފެށްޓެވި ނަމަވެސް ބައަކާއި ވާހަކަ ދައްކަވައި ނަޞޭޙަތެއް ދެއްވަން ފެށްޓެވި ނަމަވެސް ޢިލްމުވެރިން ގެންދަވަނީ އެކަން ކުރައްވަވަމުންނެވެ. ނަމަވެސް މިކަން ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެހައި ގިނައިން އެކަން އެގޮތަށް ކުރެއްވެވުމުގެ ބޭނުންފުޅެއް ކަމަށް ޤަބޫލުކުރެވެނީވެސް ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ރަސޫލް (ޞޢވ) އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރުމަކީ ކުރަންޖެހޭ ކަމަކަށްވުމެވެ. އަދި އެކަން މީސްތަކުންނަށް ބަޔާން ވެސް ކޮށްދެއްވެވުމެވެ. 

ރަސޫލް (ޞޢވ) އަށް ޞަލަވާތާއި ސަލާމް ދެއްވެވުން އެދި ދުޢާކުރުމަކީ ކުރަން ވަރަށް ފަސޭހަވެސް ކަމެކެވެ. ކިތަންމެ ކުރު ޞަލަވާތެއް ކިޔެވިނަމަވެސް އެކަން ކުރެވުނީއެވެ. ދޫމައްޗަށް ފަސޭހަ، އެމީހަކު އެންމެ ފަރިތަ ޞަލަވާތެއް ކިޔަވައިލުމުން އެކަން ކުރެވުނީއެވެ. 

- އިމާމް މާޒިން ޢާދިލް 

ޜާއްޖޭގައި ކިޔާ ކޮންމެ ޚުޠުބާއެއްގައި މި އާޔަތް ކިޔައި ހަނދާންކޮށްދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް