އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު
އިންޑިއާގެ އައްސަމްގައި ގެރި މަސް ވިއްކަމުން ދިޔަ އުމުރުން 68 އަހަރުގެ މުސްލިމު ފިރިހެނެއްގެ ގައިގާ ހިންދޫންތަކެއް ތަޅައިގަނެ، އެމީހާއަށް ގަދަކަމުން އޫރުމަސް ކާން ދީފިއެވެ.
"ދަ ހިންދޫ" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޝައުކަތު އަލީ ނަމަކަށް ކިޔުނު އެމީހާއަށް އޫރުމަސް ކާންދިނީ، އެމީހާގާތު އެސަރަޙައްދުގައި ގެރިމަސް ނުވިއްކަން ބުނުމުން ވެސް ވިއްކީމައެވެ. އޭނާ ގައިގާ ތަޅައިގަނެ ބިރު ދައްކަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޝައުކަތަށް ހިންދޫއިން އޫރުމަސް ކާން ދިނީ، އޭނާ ގައިގާ ތަޅައިގަނެ، ބިރުދައްކާފައި ވީޑިއޯ ކުރުމަށްފަހުއެވެ.
އިންޑިއާގެ ގިނަ ހިންދޫންނަކީ މުސްލިމުން ދެކެ ވަރަށް ބޮޑަށް ނަފްރަތު ކުރާ ބައެކެވެ. ޚާއްސަކޮށް ގެރިމަސް ކާނަމަ ނުވަތަ ވިއްކާނަމަވެސް އެމީހުން ވަރަށް ރުޅިއާދެއެވެ. އެއީ އެމީހުން ޤަބޫލުކުރާ ގޮތުގައި ގެރިއަކީ އެމީހުންގެ ކަލާނގެއެކެވެ. މިސަބަބަށްޓަކައި އިންޑިއާގައި އެތައް މުސްލިމުންތަކަކަށް ހިންދޫއިން ދަނީ ހަމަލާ ދެމުންނެވެ.
އިންޑިއާ ފުލުހުން ބުނިގޮތުގައި، ޝައުކަތަށް ހަމަލާދިން ހިންދޫއިންނާއި ދެކޮޅަށް މިހާރުވަނީ މައްސަލަ ޖައްސާފައެވެ. އަދި ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަަމަށް ވެސް ބުނެފައިވެއެވެ.
Advertisement
9 އޭޕްރީލް 2019