އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާޒާރުގެ އަގުތަކާއެކު ދިވެހިން ބައިބައި ކޮށްފިތަ؟

ބާޒާރުގެ އަގުތަކާއެކު ދިވެހިން ބައިބައި ކޮށްފިތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ރަމަޟާން މަސް ފެށުމާއި ގާތް ކުރިއިރު، ގިނަބަޔަކު އެންމެ ކަންބޮޑުވި އެއް ކަމަށްވީ ތަކެތީގެ އަގުތައް ބާޒާރުގައި އިންތިހާއަށް މައްޗަށް ދިޔުމެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް އަގުބޮޑުވެފައި މިވަނީ ކަނޑޫދޫ ގިތެޔޮ މިރުހުގެ އަގެވެ.

އަގުތައް މައްޗަށް ދިޔުމުގެ ސަބަބުން އެކަމާއި އެތައް ބަޔަކު ބަހުސްކޮށް، ނުރުހުން ފާޅު ކުރަމުން ދަނިކޮށް، އެކަމާއި ގުޅިގެން މިހާރު ފެށިފައިވަނީ އެހެން ޒުވާބެކެވެ. "މާލެ" މީހުންނާއި "ރާއްޖެތެރެ" މީހުންގެ ޒުވާބެވެ.

ސޯޝަލް މީޑީއާގައި މިކަން އެންމެ ފުރަތަމަ ވެސް ފެށިފައިވަނީ ބާޒާރުގައި ތަކެތީގެ އަގު ބޮޑު ވާހަކައިންނެވެ. އޭގެ ރައްދެއްގެ ގޮތުގައި ބައެއް މީހުން ބުނެފައިވަނީ މާލޭ މީހުން "ގޭގެ ކުލި އިންތިހާއަށް މަތިކުރާ" ވާހަކައެވެ. ބަހުސް ފެށުނީ މިހިސާބުންނެވެ.

އެހެން ގޮސް މިހާރު މުޅި ސޯޝަލް މީޑިއާ ފުރިފައި މިވަނީ އެއްބަޔަކު އަނެއް ބަޔަކާއި ދިމާލަށް ހަޖޫ ޖެހުމުގައެވެ. "ރާއްޖެތެރޭ މީހުން މާލެ ނައިސް ރަށުގައި ތިބުމަށް" ގޮވާލާ އެމީހުންނާއި ހެދި މާލެ ތޮއްޖެހޭ ކަމަށް ވެސް ބުނެ ވަރަށް ވެސް ބޭއަދަބީކޮށް ބަޔަކު އަޑުފަތުރާފައި ވެއެވެ. ރަށްރަށުން މީހުން މާލެ އަންނަނީ ރަށްތަކުން ލިބެންވާ އަސާސީ ޚިދުމަތްތައް ނުލިބޭތީކަން އަތޮޅުތެރޭގެ މީހުންވަނީ ރައްދެއްގެ ގޮތުގައި "މާލޭ މީހުންނަށް" ހަނދާން ކޮށްދީފައެވެ.

މިބަހުސްގެ ސަބަބުން އެނގިގެން ދަނީ އަދި ވެސް ބައެއް ދިވެހީންގެ ވިސްނުން ވަރަށް ހަނިކަމެވެ. މާލެއަށް ފޫޅު ކެނޑިޔަސް އަދި އަތޮޅުތެރެއަށް އުފަން ވިޔަސް، މިއެންމެންނަކީ ވެސް ދިވެހީންކަން މިބަޔަކު ހަނދާނެއް ނުވެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ވީހާވެސް ގިނައިން ހެޔޮ ޢަމަލުކޮށް، އަޅުކަން ކުރަންވީ މައްސަރަށްވީހިނދު، ސޯޝަލް މީޑިއާގައި އެއް ބަޔަކު އުޅެނީ އެކަކު އަނެކަކު ދައްކޮށްލުމުގައި އަވަދި ނެތިއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ.

ހަގީގަތުގައި މިމައްސަލައަށް ބަލާއިރު، މި ދެ ކަންތަކަކީ ވެސް ޙައްލު ކުރަން ޖެހޭ ކަންތައްކަން ރަނގަޅަށް ވިސްނާލައިފިނަމަ އިނގޭނެއެވެ. މާލެއިން ގެދޮރު ކުއްޔަށްދޭއިރު، ހިތައް އަރާހާ ވަރަށް ކުލީގެ އަގު ނުކިޔާ، ކުއްޔަށް ހިފަން އުޅޭ މީހާއަށް ވެސް ދަތިނުވާނޭހެން އަގު ކިޔުން ބުއްދިވެރިއެވެ. ހަމައެފަދައިން، އަތޮޅުތެރޭގެ މީހުން ދަނޑުވެރިކަން ކޮށްގެން ހައްދާ ބާވަތްތައް، މާލެއަށް ވިއްކަން ގެންނައިރުވެސް، އާންމު ރައްޔިތުންގެ އަތް ނުފޯރާ ވަރަށް އަގުތައް ކިޔުން ވެސް ބުއްދިވެރިއެއް ނޫނެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ