އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިން ބޭރުން ވިހެއުމުގެ މައްސަލަ ހައްލުވާނީ "ގާލްފްރެންޑް، ބޯއިފްރެންޑް" ގެންގުޅޭ ކުދިންގެ ކައިވެނިކޮށްދިނުމުން: ޝައިޚް ޢަލީ ޒައިދު

ކައިވެނިން ބޭރުން ވިހެއުމުގެ މައްސަލަ ހައްލުވާނީ "ގާލްފްރެންޑް، ބޯއިފްރެންޑް" ގެންގުޅޭ ކުދިންގެ ކައިވެނިކޮށްދިނުމުން: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ކައިވެނިން ބޭރުން ވިހެއުމުގެ މައްސަލަ ހައްލުވާނީ "ގާލްފްރެންޑް، ބޯއިފްރެންޑް" ގެންގުޅޭ ކުދިންގެ ކައިވެނިކޮށްދިނުމުން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އުމުރުން 15،16 އަހަރުގައި ކުދިން ވިހެއުމުގެ މައްސަލަތައް އިތުރުވަމުން މިދަނީ "ގާލްފްރެންޑް، ބޯއިފްރެންޑް" ގެންގުޅެވޭތީއެވެ. އެ މައްސަލަ ހައްލުކުރެވޭނީ "ގާލްފްރެންޑް ބޯއިފްރެންޑް" ގެންގުޅެން ބޭނުންވާ ކުދިންގެ ދެ ފަރާތުގެ ޢާއިލާއިން އެއްބަސްވާނަމަ ކައިވެނިކޮށްދިނުމުން ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު މިމައްސަލަ ފާހަގަކުރައްވާފައި މިވަނީ 18 އަހަރު ނުފުރޭތީ ޤާނޫނުގައި ކުޑަކުދިން ކަމަށް ބުނާ ކުދިން ކައިވެނިން ބޭރުން ވިހެއުމުގެ މައްސަލަތައް އިތުރުވަމުން ދާތީއެވެ. 18 އަހަރުން ދަށުގެ ކުދިންނަކީ ކުޑަކުދިންކަމަށް ޤާނޫނު ފާސްކުރި ކުރުމަކީ ދަރިންގެ އަޚްލާޤް ނުބައިން ނުބައަށް ބަދަލުވުމަށް އެންމެ ބޮޑަށް މަގުފަހިވި ސަބަބުކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް