އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ޔުނިވަރސިޓީ އުވާލުމުގެ ކޮންމެ ފިޔަވަޅަކާ ފައުޅުގަ ދެކޮޅު: ޝައިޚް ޢަލީ ޒައިދު

އިސްލާމީ ޔުނިވަރސިޓީ އުވާލުމުގެ ކޮންމެ ފިޔަވަޅަކާ ފައުޅުގަ ދެކޮޅު: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

"ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހުންނަން ޖެހޭނެއެވެ. އިސްލާމީ ޔުނިވަރސިޓީ ރާއްޖޭގައި ހުރުމަކީ އިސްލާމީ ޤައުމަކަށް ލިބޭނެ އެންމެ ޝަރަފެވެ. އިސްލާމީ ޔުނިވަރސިޓީ އުވާލުމުގެ ކޮންމެ ފިޔަވަޅަކާއި އަޅުގަނޑު ފައުޅުގައި ދެކޮޅެވެ. އެތަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރަނގަޅަށް ބަލަހައްޓަވާނެ ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ."

- ޝައިޚް ޢަލީ ޒައިދު 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދެއްކި ބައެއް މެންބަރުން ބުނީ އިސްލާމް ދީނުގެ ވާހަކަ ދައްކަން ޖެހުމުން ދަރިވަރުންގެ އަނގަ ބަންދުވާ ކަމަށާއި އަނގަ ހުޅުވައިދޭންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ އިސްލާމީ ޔުނިވަރސިޓީ އުވާލައި އެތަނަކީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީއަކަށް ހަދައިގެން ކަމަށެވެ. 

ދަރިވަރުންގެ އަނގަ ބަންދުވާނަމަ ބަންދުވާނީ އެކަމެއްގެ ޢިލްމު ނެތުމުންކަން ފާހަގަކުރެވޭއިރު ޢިލްމް އުނގަންނައިދޭން ހުރި އެންމެ ވަރުގަދަ މުއައްސަސާ ބަންދުކުރަން މި ވިސްނާ ސަބަބާއިމެދު އިތުރަށް ވިސްނަން ޖެހޭކަން ފާހަގަކުރެވެއެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް