އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންކުލޫސިވް އެޑިޔުކޭޝަން "ކޯޗުން" ތަމްރީނު ކުރަނީ

އިންކުލޫސިވް އެޑިޔުކޭޝަން "ކޯޗުން" ތަމްރީނު ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިންކުލޫސިވް އެޑިޔުކޭޝަން "ކޯޗުން" ތަމްރީނު ކުރުމުގެ 4 ދުވަހުގެ މަސައްކަތު ބައްދަލުވުން ފަށައިފިއެވެ. 

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޖުލައި 7 އިން 10 އަށް ބާއްވާ މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިފަދަ ކުދިންނަށް ކިޔަވައިދޭ ނަމަވެސް މިދާއިރާގެ ތަޖުރިބާ ލިބިފައިވާ ޓިޗަރުން/ފަންނީ ބޭފުޅުންގެ އެހީތެރިކަމަށް ބޭނުންވާ ސްކޫލް ތަކަށް ގޮސްގެން، އެ ސްކޫލްތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށް ދިނުން، "ކޯޗުކޮށް ދިނުން" ކަމަށެވެ. 

މިމަސައްކަތު ބައްދަލުވުމުގައި ތަމްރީނު ވާނީ ރާއްޖޭގެ ސްކޫލްތަކުގައި މިވަގުތު ތިބި މިދާއިރާއިން އެންމެ ތަޖުރިބާ ކާރު ޓީޗަރުންނާއި ލީޑިން ޓީޗަރުންނެވެ. ޖުމުލަ 20 ސުކޫލަކުން 25 ޓީޗަރުން މިމަސައްކަތު ބައްދލުވުމުގައި ތަމްރީނު ވާނެއެވެ. މިމަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ އެކިއެކި ގިނަތި ތަކުގެ ކުދިންނަށް ކިޔަވައިދެވޭނެ ގޮތްތަކާއި، ފުރަތަމަ މަރުހަލާގައި އުނގެނޭ ވެއްޓަކުން މިފަދަ ކުދިން ދެނިގަންނާނީ ކިހިނެއްތޯއާއި، ކިޔަވައިދިނުމުގެ ތަފާތު އުކުޅު ތަކާއި، އަދި ބެލެނިވެރިން ތަމްރީނު ކުރުމުގެ އުކުޅުތައް ހިމެނޭނެއެވެ.

މިތަމްރީނު ފުރިހަމަ ކުރުމަށްފަހު ބައިވެރިން ޖުލައި 18 ވަނަދުވަހުން ފެށިގެން އޮގަސްޓް 24 ގެ ނިޔަލަށް ރާއްޖޭގެ އެކި ސްކޫލްތަކަށް ކޯޗުކޮށްދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. މިހަރަކާތްތަކުގައި ސްކޫލްތަކުގައި ހެލުންތެރިކުރުމުފެ ޕްރޮގްރާމް ތަކާއި އަދި ޓިޗަރުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކައް ކުރިއަށް ގެންދާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު