އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގަދަ ވަޔާއެކު މިލަންދޫ ސްކޫލްގެ 3 ކްލާސްރޫމެއްގެ ސީލިންގ ވެއްޓުމުން, ސްކޫލް ބަންދު ކޮށްފި!

ގަދަ ވަޔާއެކު މިލަންދޫ ސްކޫލްގެ 3 ކްލާސްރޫމެއްގެ ސީލިންގ ވެއްޓުމުން, ސްކޫލް ބަންދު ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވެސް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ގަދަ ވަޔާއެކު ށ. މިލަންދޫ ސްކޫލްގެ ތިން ކްލާސްރޫމެއްގެ ސީލިންގ ވެއްޓިއްޖެއެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ ފާއިޒް ވިދާޅުވީ، މިއީ އެސްކޫލްގެ ބަައެއް ކްލާސްރޫމްތަކުގެ ސީލިންގ އެގޮތަށް ވެއްޓުނު ތިންވަނަ ފަހަރު ކަމަށާއި، މިއަދު އެތިން ކްލާސްރޫމްގެ ސީލިންގ ވެއްޓުމުގެ ސަބަބުން ކިޔެވުން ވެސް ބަންދުކޮށް ދަރިވަރުން ގެއަށް ފޮނުވާލާފައިވާ ކަމަށެވެ.

"ގަދަ ވަޔާއެކީ ތިން ކްލާސްރޫމެއްގެ ސީލިންގް ވެއްޓުނީ. މިއީ އަލަށްވީ ކަމެއް ނޫން. މީގެ ކުރިން ވެސް ތިން ފަހަރަކު މިހެން ސީލިންގ ވެއްޓިފަވަނީ. މިއަދު ސީލިންގ ވެއްޓުނީ ވެސް އެކްލާސްރޫމްތަކުގަ ދަރިވަރުން ކިޔަވަން ތިއްބާ. އެހެންވެ އިންޓަވަލް ފަހުން، ހުރިހާ ދަރިވަރުން ގެއަށް ފޮނުވާލާފަ ސްކޫލް ބަންދުކޮށްފަ މިހާރު ހުރީ. ނަސީބަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ" ފާއިޒް ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލް ރައީސް ފާއިޒް ވިދާޅުވީ، މިލަންދޫ ސްކޫލަކީ ވާރޭ ވެހޭ ކޮންމެ ފަހަރަކު ފެންބޮޑުވާ ސްކޫލެއް ކަމަށާއި މިފަހަރުވެސް ފެން ބޮޑުވި ކަމަށެވެ.

           

 

"ވާރޭ ވެހިއްޖެނަމަ އެސްކޫލަކީ ކިޔަވާދޭން ބޭނުން ކުރެވޭވަރު ސްކޫލެއް ނޫން. ހުންނަނީ ފެންބޮޑުވެފަ. މިފަހަރުވެސް ސްކޫލްގެ ފާޚާނާތެރެއާއި ސްޓާފް ރޫމްތެރެ ވެސް ވަނީ ފެންބޮޑުވެފަ." ފާއިޒް ވިދާޅުވިއެވެ.

މިލަންދޫ އަލަށް އިމާރާތްކޮށް މިއަހަރު އަދި އަލަށް ކިޔަވާދޭން ފެށި ސްކޫލެއް ކަމަށާއި، ވެއްޓުނު ސީލިން އަލުން މަރާމާތްކުރުމުގެ މަސައްކަތް ކުރަން ޖެހޭނީ މިލަންދޫ ސްކޫލް އިމާރާތް ކޮށްދިން ފަރާތުން ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ