އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއީ އޮސްޓްރޭލިއާ ޒުވާނެއްގެ ވާހަކަ - އިސްލާމް ދީނަށާ ރަސޫލް (ޞޢވ) އަށް މިވަރަށް ލޯބިވާ ކިތައް މީހުން އަޅުގަނޑުމެންގެ ތެރޭގަ އެބަ ތިބިތޯ؟

މިއީ އޮސްޓްރޭލިއާ ޒުވާނެއްގެ ވާހަކަ - އިސްލާމް ދީނަށާ ރަސޫލް (ޞޢވ) އަށް މިވަރަށް ލޯބިވާ ކިތައް މީހުން އަޅުގަނޑުމެންގެ ތެރޭގަ އެބަ ތިބިތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ޚަބަރުގައިވާ ފޮޓޯއަކީ އޮސްޓްރޭލިއާގައި ކުރިއަށް ގެންދިއަ ޓީވީ ޕްރޮގެރާމެއްގައި ބައްދަލުކުރި މުސްލިމެއްގެ ފޮޓޯއެވެ. ސުވާލުކުރި މީހާ އޭނާގެ ނަމެއް ނުއަހައެވެ. އެހީ އޭނާއަކީ މުސްލިމެއްތޯއެވެ! ޖަވާބުގައި ބުނީ އޭނާއަކީ އިސްލާމް ދީނާއިމެދު ފަޚުރުވެރިވާ މުސްލިމެއް ކަމަށެވެ. 

އޭނާއާއި ކުރި ސުވާލަކީ އިސްލާމް ދީނުގައި ހުރިކަންކަމަށް ފާޑުކިޔައި ހެދިދާނެ ހެއްޔެވެ؟ އިސްލާމް ދީން ކުށްވެރިކޮށް ވާހަކަދެއްކި ދާނެ ހެއްޔެވެ؟  

އޭނާގެ ޖަވާބަކަށްވީ އޮސްޓްރޭލިއާ ފަދަ ގިނަ ދީންތަކެއްގެ މީހުން ދިރިއުޅޭ ޤައުމެއްގައި އިޙްތިރާމް ކުރުމާއިއެކު ކޮންމެ ދީނެއްގެ ވާހަކަ ވެސް ދެއްކިދާނެ ކަމަށެވެ. ނަމަވެސް ރަސޫލް (ޞޢވ)އަށް ފާޑު ނުކިޔޭނެ ކަމަށެވެ. "ރަސޫލް (ޞޢޥ) އަށް އެއްވެސް ވަރަކަށް ފާޑުކިޔައިގެން ނުވާނެ. އެހެނީ ރަސޫލް (ޞޢވ) އަކީ އެންމެހައި އުނިސިފަތަކުން ބަރީޢަވެވަޑައިގެން ހުންނެވި ބޭކަލެއް. ﷲ ތަޢާލާ ވަނީ ހުރިހާ ފުރިހަމަ ކަމެއް ރަސޫލް (ޞޢޥ) އަށް ދެއްވަވައިފަ. އެމީހަކީ ކޮންމެ ދީނެއްގެ މީހެއް ނަމަވެސް ސިކުނޑި ހަމަޖެހޭ މީހެއްނަމަ އެކަން ޤަބޫލުކުރާނެ. ޤަބޫލުކުރާތީ އެހެން ދީންތަކުގެ މީހުން ހަދާ ނަމޫނާ ޝަޚްޞިއްޔަތުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް، 1 ވަނައަށް ރަސޫލް (ޞޢވ)ގެ ނަންފުޅު އަންނަނީ." 

އޭނާ ބުނީ އިސްލާމީ ޝަރީޢާ ތަންފީޒު ކުރެވެން ޖެހޭނެ ކަމަށާއި އިސްލާމީ ޝަރީޢާގެ ދަށުން ކުރެވޭ ޙުކުމްތައް ތަންފީޒުކުރެވެން ޖެހޭނެ ކަމަށެވެ. އަދި އޭނާގެ އެދުމަކީ ވެސް އުންމީދަކީވެސް  މުޅި ދުނިޔޭގައި އިސްލާމީ ޝަރީޢާ ތަންފީޒުކުރެވުން ކަމަށެވެ. 

ޓީވީގެ ފަރާތުން ސުވާލުކުރަމުން ދިއައީ ކުރިން މުސްލިމެކެވެ. މިހާރު އެތީސްޓެކެވެ. ސުވާލުކުރި މީހާ ބުނީ މުޅި ދުނިޔޭގައި އިސްލާމީ ޝަރީޢާ ތަންފީޒުކުރެވޭނަމަ އޭނާއަށް ވާނެ ގޮތަކާއިމެދު ކަންބޮޑުވާ ކަމަށެވެ. ދެން ދުލުން ނުކުތީ އަޖައިބެއް ފަދަ ބަހެކެވެ. "އަހަރެން މިހުންނަނީ ޝައްކެއްގެ ތެރޭގަ." މާނައަކީ އެތީސްޓަކަށްވެސް ނުވެވޭ ކަމެވެ. އޭނާއަށް ރައްދު ދެމުން ޒުވާން މުސްލިމް ބުނެފައިވަނީ އިންސާނުން ދުނިޔޭގައި ލެއްވެވީ ޝައްކުގެ މަތީގައި ދިރިއުޅެން ނޫން ކަމަށާއި ޔަޤީން ކަމާއިއެކު ދިރިއުޅެން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް