އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ބަހުން، ތަފާތު ޢިލްމު ނުފެތުރެންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ!: ޝައިޚް ޝަފީޢު

ދިވެހި ބަހުން، ތަފާތު ޢިލްމު ނުފެތުރެންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ!: ޝައިޚް ޝަފީޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

މީގެ 84 އަހަރު ކުރިން (25 ޖުމާދިލް އާޚިރު 1356 ހ)، އައްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީ ދިވެހި ބަހާ ބެހޭގޮތުން، ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވެއެވެ. 

" ބަހުގެ މޮޅު ދެރަ ވަކިވުން ހުރީ، އެބަހަކުން ގިނައިން ޢިލްމު ފެތުރުމުގައި ހުރި ގިނަމަދު ކަމަކުންނެވެ. ދިވެހި ބަސްވެސް އެ ބަހުން ގިނަ ޢިލްމު ފެތުރޭ ދަރަޖަޔަށް ދިއުމުން އެބަހަކީ މޮޅު މަތިވެރި ބަހަކަށް ވިއްޔެވެ." 

- މަޞްދަރު: ފަތްތޫރަ 3 

މި ޢިބާރާތާމެދު ވިސްނައިލި އިރު، ދިވެހި ބަހުން، ތަފާތު ޢިލްމު ނުފެތުރެންވީ އެއްވެސް ސަބަބެއް އޮތް ކަމަކަށް އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އެކަމަށް ބޭނުންވަނީ، އެ ޢިލްމެއްގައި ހިމެނޭ މުފުރަދާތުތައް (އިޞްތިލާޙުތައް/ ޓާމުސް) ދިވެހި ކުރުމެވެ. ބައެއް އިޞްތިލާޙުތައް ދިވެހި ނުކޮށްވެސް އެ އިޞްތިލާޙެއް އުފެދިފައިވާ އަޞްލު ބަހުގައި އޮންނަ ގޮތަށް ބޭނުން ކުރެވިދާނެއެވެ. ބޭނުން ވަނީ، އެ ޢިލްމަކަށް ބޭނުންވާ "ސްޓަޑީ މެޓީރިއަލްސް" އެވެ. ކިޔަވައިދޭނެ މައި ފޮތްތަކާއި، ކަރުދާސް ފަދަ އެއްޗެހި ދިވެހިން ލިބުމެވެ. މިއީ، ވަރަށް ބުރަ ބޮޑު މަސައްކަތެކެވެ. ބަހުގެ ޢިލްމުވެރިންނާއި، އަދި އެކިއެކި ޢިލްމުގެ އަހުލުވެރިންގެ ގުޅިގެން، ސަރުކާރުގެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ނޫނީ ނުކުރެވޭފަދަ ބޮޑު ބިޔަ މަސައްކަތެކެވެ. ނަމަވެސް، ކުރަން އުޅެފިނަމަ، ކުރެވިދާނެ ކަމެކެވެ. އަދި އަންނަން އޮތް ޖީލުން އެކަމާމެދު ހައިރާންވެ، ޝުކުރުގެ ނަޒަރަކުން ހިތާއި ރުހުމުން ބަލައިގަންނާނެ އަގު ހުރި މަސައްކަތަކަށް ވާނެއެވެ.

ނަމަވެސް، ހިތުގައި އުފެދެނީ ސުވާލުތަކެކެވެ. މިފަދަ ބަރު ބިޔަ މަޝްރޫޢެއް ކުރިޔަށް ގެންދާނެ ފެންވަރުގެ، ހަކަތައެއް އަޅުގަނޑުމެންނާއި، މި ޤައުމުގެ ސަރުކާރުގައި އެބަހުރިތޯއެވެ؟ މިފަދަ ބިޔަ ކަމެއް ކުރިޔަށް ގެންދިޔުމުގެ ވަޠަނީ ކުލުނެއް، ބަހަށް އޮތް ލޯތްބެއް މި ޤައުމުގެ ދަރިންގެ ކިބައިގައި އެބަ ހުރިތޯއެވެ؟ މިކަމަށް ޤުރުބާން ވާނެ، ދަރިންތަކެއް އެބަ ތިބިތޯއެވެ؟

 

- ޝައިޚް ޝަފީޢު ޢަބްދުﷲ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް