އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާދާއިރާއަކަށް އިޝްތިހާރު ކުރުމަށް އެމެރިކާ ނޫސްވެރިންގެ ޓީމެއް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ ގެނެސްފިއެވެ.
އެމްއެމްޕީއާރުސީ އިން ބުނެފައިވަނީ މިނޫސްވެރިންގެ ޓީމު ރާއްޖެ އައިސްފައި ވަނީ އިއްޔެ ކަމަށާއި މިއީ ރާއްޖެ ފުޅާދާއިރާއަކަށް އިޝްތިހާރު ކުރުމަށް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ފަސް ވަނަ ދަތުރުކަމަށެވެ.
މިޓީމުގައި ހިމެނެނީ ނިއުޔޯކް ޓައިމްސް، ޓްރިޕް ސެ ވީ، ނެޝަނަލް ޖިއޮގްރަފިކް ޓްރެވެލް، ޔޫއެސްއޭ ޓުޑޭ އަދި ޓްރެވެލް އަދި ލެޝަރ ފަދަ މަޖައްލާތަކަށް ލިޔާ ތަޖުރިބާކާރު ނޫސްވެރިންނެވެ.
މިދަތުރުގައި ރާއްޖޭގެ ހިތްގައިމު މާހައުލާއި ކަނޑު އަޑީގެ ރީތިކަން މިޓީމުން ތަޖުރިބާ ކުރާނެއެވެ.
މިހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ހަރަކާތްތެރިވާއިރު މިޓީމު ރާއްޖޭގައި ކުރާ ތަޖުރިބާތައް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement
14 އޮގަސްޓް 2019