އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނުގެ ސައްޙަގޮތް އެނގުމުން ބާޠިލުގޮތް ދޫކޮށްލުމަކީ ގޯހެއްކަމަށް ދުށުމަކީ ދީނީ ކަންކަމަށް ގަދަރެއް ނެތްކަމުގެ އަލާމާތެއް: ޝައިޚް އިލްޔާސް

ދީނުގެ ސައްޙަގޮތް އެނގުމުން ބާޠިލުގޮތް ދޫކޮށްލުމަކީ ގޯހެއްކަމަށް ދުށުމަކީ ދީނީ ކަންކަމަށް ގަދަރެއް ނެތްކަމުގެ އަލާމާތެއް: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

"އެކަމެއް ކުރުމަށް އިސްލާމް ދީނުގައި އައިސްފައިވާ ސައްޙަގޮތް އެނގުމުން ކުރީގައި އެކަން ނޭނގި ޢަމަލުކުރެވުނުގޮތް ދޫކޮށްލުމަކީ ގޯސްގޮތެއްކަމަށް ދެކުމަކީ ދީނީ ކަންކަމަށް ތިމާގެ ހިތުގައި ގަދަރެއް ނެތްކަމުގެ އަލާމާތެކެވެ. ދިވެހިންނަކީ މުސްލިމުންނެވެ. މުސްލިމުން ބަލަންޖެހޭނީ ދީނުގައި އައިސްފައިވާގޮތެވެ."

- ފަމީލަތުއްޝައިޚް އިލްޔާސް ޙުސައިން 

ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައި މިވަނީ މިރޭ ޣިޔާސުއްދީން ސްކޫލްގައި ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކަމަށް ބެލެވެއެވެ. 

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ބަޔާން ކުރެއްވީ ފާއިތުވި 20، 30 އަހަރު ތެރޭގައި ދިވެހިން އަޅުކަން ކުރާގޮތާއި އުޅޭ ގޮތް ބަދަލު ވެއްޖެ ކަމަށާއި ނަމަވެސް މީސްތަކުން އުޅެން ޖެހޭނީ ޤަބުރުސްތަކުން ފެންނަން ހުރި ގޮތަށް ކަމަށެވެ. ކީރިތި ޤުރްއާން ނުއެނގޭއިރު މިސްކިތްތަކުގައި އަޅުކަންކޮށް އުޅުނު ގޮތަށް ކަމަށެވެ.

ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ގޮތް ޞަޙާބީން ހަނދުމަފުޅުކޮށް އެރުވުމުން ޢުމަރުގެފާނުގެ ނިންމެވުންތައް ވަނީ (ޞަޙާބީން ދެންނެވި ބަސްފުޅުގެ ސަބަބުން ބަދަލުކުރައްވަން ޖެހިވަޑައިގެންނެވި ކަންކަމުގައި) ވަގުތުން ބަދަލު ކުރައްވަވައިފައެވެ. 

އިމާމް ޝާފީ (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ އެކަލޭގެފާނުގެ ބަސްފުޅަށްވުރެ ޞައްހަ ބަސްފުޅެއް ފެނިއްޖެ ނަމަ އެކަލޭގެފާނުގެ ބަސްފުޅު ވަގުތުން ދޫކޮށްލުމަށެވެ. 

މުސްލިމުންގެ ދުސްތޫރަކީ ކީރިތި ޤުރްއާނެވެ. ކުރިން އުޅުނު ގޮތެއް ނޫނެވެ! ޤަބުރުސްތާނެއްވެސް ނޫނެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް