އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފަންނު މައްޗަން ގޮޅީގެ މީހުން ނަމާދުކުރުން އިތުރަށް "ކުށުވެރިކަމުގެ" ތެރެއަށް!

މާފަންނު މައްޗަން ގޮޅީގެ މީހުން ނަމާދުކުރުން އިތުރަށް "ކުށުވެރިކަމުގެ" ތެރެއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ޛިކުރާ މިސްކިތުގައި ކޮރަޕްޝަން ހިފިހިފީނުން ބިންގާ އަޅައިލެވޭނެ ދުވަހެއް އަދި އެނގެން އޮތް ކަމަކަށް ނުވެއެވެ. މާވެޔޮ މިސްކިތުގެ މަސަކަތުގައި ކަނޑުމަތި އެޅުމުގެ ސަބަބުން އެކުޑަކުޑަ މިސްކިތް ނިންމައި ނުލެވި ހުންނަތާ 6 އަހަރުވީއެވެ. 

އެތަނުގައި މަސައްކަތްކުރާ މީހުން ބުނަނީ ''ބޮސް މުސާނުދޭތާ 6 މަސް. އެހެންވީމަ މަސައްކަތް ސްޕީޑް ނެތީ. ބާރު ސްޕީޑް ނެތީ." ކަމަށެވެ. 

ސަރުކާރުގެ ދީލަތި އެހީއިން އަޅައިދިން ބޮޑުގޭ ވަގުތީ މިސްކިތް އެވަނީ މިސްކިތުގެ މުދިމާއި ސަރަހައްދުގެ ގިނަ ބައަކު ގުޅިގެން ދެގުނަ ބޮޑުކޮށް ވަރަށް ފުރިހަމަކޮށްފައެވެ. އެ މުދިމު ހުރިއިރު މިސްކިތަށް ކަންކަން ކުރިމަތިވުމުން ސަރުކާރުގައި ސަލާން ޖަހާކަށް ނުޖެހެއެވެ. ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއިއެކު ކަންކަން ދިއައީ ކުރެވެމުންނެވެ.

މުދިމު ބަދަލުކުރީއެވެ. ދެން މިފެންނަނީ ދިޔަދޮވިން ފެން ފައިބާތީ އަންހެނުން ނަމާދުކުރާ ފަޅި ބަންދުކުރަން ޖެހުނުތަނެވެ. އެއީ އެތައް އަންހެނުންނެއް ނަމާދުކުރަމުން އައި ބައެކެވެ. މިހާރުގެ މުދިމުވެސް ސިޓީ ކައުންސިލުގެ ވައިބަރ ގްރޫޕުގައި މައްސަލަ ނޯޓުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންކަމުން އެ ސަރަހައްދުގެ އަންހެނުން ބުނަނީ ވައިބަރގްރޫޕުން އައިސް ރަނގަޅުކުރުން އަވަސްކޮށްދިނުމަށް އެދޭ ކަމަށެވެ. އެތަނަށް ނަމާދަށް އަރަނީ ގޭގައި ހަމަ ޖާގަ ނެތުމުން ކަމަށެވެ. 

ކަންކަން މިފަދައިން ހުރުމުން މައްޗަން ގޮޅި މާފަންނު ގުޅޭ ސަރަހައްދުގެ މީހުންނަށް ނަމާދު ކުރުމުގައި މުޞީބާތްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް