އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ހަމަޖެހުމަށް އެންމެ މުހިންމީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ އޮންލައިން ޙަރަކާތްތައް ހުއްޓުވުން!

ރާއްޖޭގެ ހަމަޖެހުމަށް އެންމެ މުހިންމީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ އޮންލައިން ޙަރަކާތްތައް ހުއްޓުވުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

ރާއްޖޭގެ ހަމަޖެހުމަށް އެންމެ މުހިންމީ އިސްލާމް ދީނާއި ދެކޮޅަށް ހިންގަމުން ގެންދާ އޮންލައިން ޙަރަކާތްތައް ހުއްޓުވުންކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ. ތިމާގެ މިނިވަންކަން ކަމަށް ބުނެ އިސްލާމް ދީނުގެ ޙުކުމް ތަކާއި ދެކޮޅުހަދައި ކީރިތި ޤުރުއާނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް އިސްލާމް ދީނަށް އަމަލުކުރާ މީހުންނާއި ދިމާކުރަމުން ގެންދާ ގެންދިއުން ހުއްޓުވަން ޖެހޭނެ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

އިސްލާމް ދީނުގެ މަގުގައި ޙައްޤު ބަސް ވިދާޅުވެ މާތް ﷲ ގެ ދިން މަތިވެރިކުރަން މަސައްކަތް ކުރައްވާ ދީނީ ޢީލްމުވެރިންނަކީ ޓެރަރިސްޓުން ކަމަށް ސިފަކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. ވަގު އައިޑީތައް ހަދައި ފިލައިތިބެގެން ހިންގަމުން ގެންދާ މިފަދަ ޖަރީމާތައް ދެނެގަނެ އެކަންކަން ކުރާ މީހުން ދެނެ ގަތުމުގެ ފުރިހަމަ ޤާބިލުކަން ދިވެހި ދައުލަތަށް މިހާރުވަނީ ލިބިފައެވެ. 

ރާއްޖޭގެ ދީނީ ޢިލްމުވެރިން ބަސްފުޅުތައް ހާމަކުރައްވަމުން ގެންދަވަނީ ހާމަކަން ބޮޑުގޮތެއްގައެވެ. އެހެންކަމުން ދީނީ ޢިލްމުވެރިއަކު ބަސްފުޅެއް ވިދާޅުވުމުން އެކަމަށް ގޮތް ކަނޑައެޅުމަކީ އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. މިހާރުވެސް އެކަމަށް ގޮތް ކަނޑައަޅައި ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު އަޅަމުން ގެންދަނީ ދައުލަތުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކުންނެވެ. 

ދީނީ ޢިލްމުވެރިއެއް ކަމަށްވީނަމަވެސް ނުވި ނަމަވެސް އެއްވެސް ފިކުރެއްގެ އެއްވެސް މީހަކީ ޓެރަރިސްޓެއް ކަމަށް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށެވެ. ފުލުހުންނަށާއި ސިފައިންނަށެވެ. ސިފައިން މާނަ މިކުރަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށެވެ. އެއީ ސަރުކާރުން ދީފައިވާ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. 

ކަން މިހެން އޮތްއިރު ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ޢާންމުކުރުމުން އަމިއްލައަށް ލިސްޓް ހަދައި އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ވެސް ހިމެނޭ ގޮތުން ދައުލަތުގެ އިސްވެރިންގެ އެތައް ބައަކީ ޓެރަރިސްޓުން ކަމަށް ހަދައި އަމިއްލައަށް ލިސްޓުތައް ވަނީ ސޯޝަލް މީޑިއާގައި ޢާންމުކޮށްފައެވެ. އުންމީދަކީ އެފަދަ ކަންކަން ކުރުމަކީ މިނިވަންކަން ކަމަށް ނުބަލައި ސަރުކާރުން މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. 

އިސްލާމް ދީނަށް އަމަލުކުރުމަކީ ޓެރަރިޒަމް ކަމަށާއި އިސްލާމް ދީން ކުރިއަރުވަން ކުރެވޭ މަސަކަތްތަކަކީ ޓެރަރިޒަމްގެ އަމަލުތައް ކަމަށް ބަލާ މީހުންނާއިމެދު މިހާރު ހުރި ޤާނޫނުތަކުގެ ދަށުން ވެސް ފިޔަވަޅު އެޅެން އޮތް އިރު އެކަންކަން ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. 

މީސްތަކުންނަކީ އެހެން ޤައުމުތަކުގެ މީހުންނާއި ބައްދަލުކޮށް ގުޅުން އުފައްދަން ޖެހޭނެ ބައެއް ކަމަށް އަދި ކަންކަން އުނގެނި ދަސްކުރުމަށް އޮތް އޮތުމަކީ އެއްވެސް ޙާލެއްގައި ރާއްޖޭގެ ޤާނޫނު އަސާސީއަށް ގޮންޖަހައި އިސްލާމް ދީނަށް ޢަދާވާތްތެރިވާ މީހުންގެ ފިކުރު ބަލައި ގަންނަން ޖެހޭނެ ކަމަށް އޮތް އޮތުމެއް ނޫނެވެ. އެކަން ޤާނޫނު އަސާސީގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. ރާއްޖޭގެ ވެރިކަން ކުރަން ހުވާކުރަނީ ސޯޝަލް މީޑިއާގައި ބުނާ ބުނުމަށް ޢަމަލުކުރާ ގޮތަކަށް ނޫނެވެ. ރާއްޖޭގައި ކުރާ ހުރިހާ ހުވައެއްގައިވެސް އޮންނާނީ ޤާނޫނު އަސާސީއަށް ޙުރުމަތްޔތެރިކޮށް ހިތުމަށެވެ.

މިކަންކަން ހާމަކުރަން ޖެހުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅަކީ އިސްލާމް ދީން މަތިވެރިކުރަން ކުރާ މަސައްކަތް ހުއްޓުވަން ދެއްކެވި ވާހަކަފުޅުކަމަށް އިސްލާމް ދީނުގެ ޢަދާވާތްތެރިން ޤަބޫލުކޮށް ބަސްތައް ބުނަން ފެށުމުންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅަކީ އިސްލާމް ދީން މަތިވެރިކުރަން ޙައްޤު ގޮތުގައި ކުރާ މަސައްކަތްތަކަށާއި ޙައްޤު ގޮތުގައި މަސައްކަތް ކުރުމަށް ހިތްވަރު ދެއްވައި ދައްކަވާފައިވާ ވާހަކަފުޅެކެވެ. އެކަން އެމަނިކުފާނުގެ ވާހަކަފުޅުން ވަރަށް ސާފެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް