އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނީގައި "ލޯބި" ގެއްލި، "އަނިޔާ" ފެށޭ ހިސާބު އެނގެންޖެހޭ!

ކައިވެނީގައި "ލޯބި" ގެއްލި، "އަނިޔާ" ފެށޭ ހިސާބު އެނގެންޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު

އަނބިންގެ ފަރާތުން ނުވަތަ ފިރިންގެ ފަރާތުން ލިބެމުން އަންނަ ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ އަނިޔާތައް ފޮރުވުމަށް ގިނަ ބަޔަކު މަސައްކަތް ކުރަނީ، އެބައެއްގެ ކައިވެނި ދެމި އޮތުމަށްޓަކައެވެ. އެމީހުން އުޅެނީ ވަރަށް ވެސް އުފާވެރި ކައިވެންޏެއްގައިކަން މުޅި ދުނިޔެއަށް ދައްކަން އެފަދަ މީހުން ބޭނުންވެއެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި، މިފަދަ ކައިވެނިތައް ވަރަށް ވެސް ގިނައެވެ. ކައިވެނީގައި އެކިކަހަލަ އަނިޔާތައް ތަޙައްމަލު ކުރަމުން އަންނަ އަންހެނުންނާއި ފިރިހެނުން ދަނީ ނިސްބަތުން ބަލާއިރު އިތުރު ވަމުންނެވެ. ގިނަ ފަހަރަށް އެއަނިޔާތައް އެމީހުންނަށް ލިބެމުންދަނީ، އެއީ "އަނިޔާއެއްކަން" ނޭނގިހުރެއެވެ. ހީވެފައިވަނީ އެއީ ވެސް ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާގެ "ލޯބި" ކަމަށެވެ. އެއީ އެމީހުންނަށް ލޯބިވާން އެނގޭ ގޮތް ކަމަށެވެ.

އެހެންކަމުން، ކައިވެންޏެއްގައި ތިމާއަށް އަނިޔާ ލިބެންފަށާ ހިސާބު އެނގުމަކީ މުހިންމު ކަމެކެވެ. އެލިބެނީ އަނިޔާކަން ވެސް އެނގެން ޖެހެއެވެ.

އެގޮތުން ކަމާބެހޭ މާހިރުން ހޯދިހޯދުމުން ހާމަވާ ގޮތުގައި، އަނިޔާވެރި ކައިވެންޏެއްގެ ނިޝާންތަކަކީ ހަސަދަވެރިވުމާއި، ތިމާއާއި އެހެން މީހުންނާއި އަޅާކިޔުމާއި ދެމަފިރިން އެކުގައި އެއްދާން ކުރުމުގައިވެސް މަޖުބޫރުކަމެއް ހުރުމެވެ.

ތިމާގެ ބައިވެރިޔާ އަބަދާއި އަބަދު ތިމާގެ ފޯނު ބެލުމާއި އެކި މީހުންނާއި ތިމާ ދައްކާ ވާހަކަތައް އަޑު އަހާ، ބެލުންފަދަ ކަންކަން ކުރާނަމަ، އަދި ގެއިން ބޭރަށް ފިޔަވަޅެއް އަޅާ ކޮންމެ ފަހަރަކު ދަނީ ކޮންތާކަށްތޯ ބެލުމާއި ދެމަފިރިންގެ މެދުގައި ދެބަސްވުމެއް ހިނގިޔަސް އެކަމަކަށް މާފަށް ނޭދި އެއީ ތިމާގެ ކުށެއް ކަމުގައި ހެދުން ވެސް ދައުކުވައިދެނީ އަނިޔާވެރި ގުޅުމެއްގެ ނިޝާންތަކެވެ. އެފަދަ ބައިވެރިން ތިމާއާއެކު އަނބިފިރިކަމުގެ ގުޅުން ވެސް ބާއްވާނީ، އެމީހުން ބޭނުންވާ ވަގުތަކުއެވެ. ބައެއްފަހަރު ގަދަކަމުން ވެސް އެގުޅުން ބޭއްވުމަށް މަސައްކަތް ކުރާނެއެވެ.

ކައިވެއްޏެއްގައި މިފަދައިން އަނިޔާ ލިބެމުންދާ އަނބިން ނުވަތަ ފިރިންނަށް އެކަންކަމުގެ ވާހަކަތައް ދައްކަން ގިނަ ފަހަރަށް އުނދަގޫވަނީ، އެފަދަ އަނިޔާ ލިބެމުންދިޔަ ނަމަވެސް އެމީހުންނަށް ލިބެމުންދަނީ ސީދާ ކޮން އަނިޔާއެއްކަން ބުނެދޭން ނޭނގުމެވެ. މިހެން ގިނަ ފަހަރަށް ދިމާވަނީ އަނިޔާއެއް ދިނުމަށްފަހު ބައެއް ފަހަރު އަނިޔާދޭ މީހާ އެމީހުންނާއިމެދު ރަނގަޅަށް ކަންކަން ކުރުމުންނެވެ. ތިމާ މީހާއަށް އަނިޔާއެއް ދިނުމަށްފަހު އެކަންކަން އޭނާ ރަނގަޅު ކުރާނެކަމަށް ބުނެ ބައިވެރިޔާދެކެ ލޯބިވާކަން ވެސް ހާމަކުރެއެވެ. އަދި އަގު ބޮޑު ހަދިޔާތައް ވެސް ދީއުޅެއެވެ. މިފަދައިން އުޅުމުން އަނިޔާ ލިބޭ ބައިވެރިޔާގެ ހިތައް ތަފާތު އެކިއެކި ޝުއޫރުތައް އަރުވައެވެ. ކައިވެނީގައި އަނިޔާ ލިބޭ ވަގުތު އެއަނިޔާ ލިބެނީ ތިމާގެ ސަބަބުންނޭ ވެސް ހިތައް އަރާ އޮޅުން ބޮޅުން ގަނޑެއްގައި ހުރެއެވެ.

ނަމަވެސް މިއީ ގޯހެކެވެ. ހިތައް އެރީމަ ކަންކަން ރަނގަޅުވި ކަމުގައިވިޔަސް ތިމަމީހާގެ ކައިވެނިން އެއްވެސް އުފަލެއް ނުލިބި ވޭނާއި ހިތާމަ ލިބޭ ކަމުގައިވަންޏާ އެކަމުން ސަލާމަތްވަން މަސައްކަތް ކުރަން ވާނެއެވެ. އެފަދަ ކަންކަން އެހެންމީހުންނާއި ހިއްސާކޮށް، އެހެން މީހުންގެ ޙިޔާލެއް ވެސް ހޯދާލަން ވާނެއެވެ. ދެމަފިރިންގެ ދެމެދު އުފެދެމުންދަނީ ހައްލު ނުކުރެވޭވަރު މައްސަލައެއް ކަމުގައިވާނަމަ، ދެމީހުންގެ އުފަލަށްޓަކައި ވެސް ދުރުވުމަކީ ނުވަތަ އެހެން ގޮތެއް ހޯދުމަކީ ކުށެއް ނޫނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ