އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
"ލާދީނީ ޓެރަރިސްޓް އެމްޑީއެން އާއި ހުރެ ރައްޔިތުން ސަރުކާރާއި ޖެހި، ޤައުމު ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް" ވިދާޅުވެ އެމްޑީއެން އުވާލުން އަވަސްކުރަން ޝައިޚް ޢަލީ ޒައިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
އެމްޑީއެން އިން ރިޕޯޓެއްގެ ނަމުގައި ނެރުނު "ޝައިޠާނާގެ މަގަށް ދިވެހިން ބަދަލުކުރުވާ" ކަރުދާސްތަކުގައި ހުރި ޝައިޠާނީ ވަސްޗާސްތަކުގެ މަސައްލަ ބެލުމަށްފަހު މިމަހުގެ 31 ވަނަ ދުވަހުގެ ރޭ ފުލުހުން ބުނެފައިވަނީ "އެމްޑީއެން އިން ނެރުނު "ޕްލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓަށް ފުލުހުން ހެދި އެސެސްމަންޓް އިން، އެރިޕޯޓްގައި އިސްލާމް ދީނަށް ތައުޙީނު ކުރުމުގެ ގޮތުން ފާޑުކިޔާފައިވާ ކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާރަކޮށްފައިވާ ކަމަށް ފެންނަ ކަމަށް ޔޫތްމިނިސްޓްރީގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަންނާފައިވާނެ" ކަމަށެވެ.
ޖަމިއްޔާތަކުގެ ބެލެނިވެރި ޔޫތް މިނިސްޓްރީއަށް ފުލުހުން މިމޭރުމުން އެންގިތާ ވެސް 2 ދުވަސްވީ އެވެ. ނަމަވެސް އަދިވެސް އެމްޑީއެން އުވާލަން ސަރުކާރު ވަނީ ފަހަތު ފައަށް ބުރަވެފައެވެ.
Advertisement
2 ނޮވެމްބަރ 2019