އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރީގެ އުންމަތްތައް ފަދައިން ދިވެހި އުންމަތް ފަނާވެގެން ދިއުމަށް ދޫކޮށް ނުލައްވާ!

ކުރީގެ އުންމަތްތައް ފަދައިން ދިވެހި އުންމަތް ފަނާވެގެން ދިއުމަށް ދޫކޮށް ނުލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު

އިސްވެ ދިއަ އުންމަތްތައް ހަލާކުވެގެން ދިއަ ސަބަބުތަކުގެ ތެރޭގައި އަދުލު އިންޞާފު ޤާއިމު ނުކުރުން ހިމެނެއެވެ. ތިމާ ރުހޭ މީހުން ކުށް ކުރުމުން އަދަބު ނުދީ އެހެން މީހުންނަށް އަދަބު ދިނުން ހިމެނެއެވެ. މިއީ ކަނޑައެޅިގެން ސާބިތުވާން އޮތް ކަމެކެވެ. އެތައް ޙަދީޘްފުޅަކުންނެވެ. 

މިއަދު ރާއްޖެއިން މިއަޑު އިވެނީ ރުހޭ މީހުން ކުށް ކުރީމާ މަޝްވަރާ ކުރުމާއި ނަޞޭޙަތް ދިނުމުގެ ވާހަކައެވެ.  އަދި ނުރުހޭ މީހަކު ކުށެއް ކޮށްފިނަމަ ވަގުތުން އެމީހަކަށް އަދަބުލިބެމުންދާތަނެވެ. ވީމާ މިދެވެނީ ހަލާކުގެ ތެރެއަށް ވެއްޓިގަތުމުގެ މިސްރާބަށެވެ. މިއީ އެންމެ ނުރައްކަތުތެރި މިސްރާބެވެ. އެންމެންގެ މައްޗަށް ޢާންމުވެގެންވާ ކޯފާއެއް ފޮނުއްވަވައިފާނެ ކަމުގެ ބިރު އޮތުމުންނެވެ.

"އިންސާފް" މިބަސް ކީރިތި ޤުރްއާނުގެ 22 އާޔަތެއްގައި 24 ފަހަރު ބަޔާން ކުރައްވަވާފައިވެއެވެ. 

އަމިއްލަ ނަފުސްތަކުގެ މައްޗަށް ނަމަވެސް އަދި އަނބިދަރިންނާއި މައިންބަފައިންގެ މައްޗަށް ނަމަވެސް އިންޞާފު ޤާއިމުކުރަންޖެހޭ މިންވަރު މިޢާޔަތުން އެނގިގެންދެއެވެ. 

އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންޞާފް ޤާއިމު ކުރުމުގައި ދެމިތިބޭ ބައަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބައަކު ކަމުގައި ތިއަބައިމީހުންވާށެވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ، أއަުލާކަން ބޮޑެވެ. ތިއަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިއަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިއަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. (ނިސާ: 135) 

"ވައްކަން ކުރައްވައިފިނަމަ އަމިއްލަފުޅު ދަރިކަނބަލުން ފާޠިމަތުގެފާނުގެ އަތްޕުޅު ކަނޑުއްވަވާނެ" ކަމަށް ޙަދީޘްފުޅު ކުރެއްވެވީ ކުށެއް ކޮށްފިނަމަ އެއްވެސް މީހަކު އިސްތިސްނާ ނުކުރައްވައި އަދަބު ދެއްވާނެކަން އަދި އެކަން އެގޮތަށް ކުރަން ޖެހޭނެކަން އެންގެވުމަށެވެ. ދަރިކަނބަލުން ކަމުގައިވެވަޑައިގަތުމުން މަޝްވަރާ ކުރައްވަވާނެ ކަމަށް ނޫނީ ނަޞޭޙަތް ދެއްވަވާނެ ކަމަށް ޙަދީޘްފުޅު ނުކުރެއްވެވީ އެއީ ކުށެއް ކުރުމުން އަމަލުކުރަން ޖެހޭ ގޮތް ކަމުގައި ނުވާތީއެވެ. 

އިސްލާމް ދީނަކީ ނަޞޭޙަތުގެ ދީނެވެ. ނަމަވެސް އެއީ ކުށް ކުރުމުގެ ކުރިންނެވެ. ކުށްކޮށް ކުށަށް އިއްތިރާފްވުމުގެ ކުރިންނެވެ. ކުށް ކުރުމުގެ ކުރިން މީސްތަކުން ކުށް ކުރުމުން ސަލާމަތް ކުރުމަށެވެ. އަދަބު ދިނުމާއި ނަޞޭޙަތް ދިނުމަކީ މުޅިން ތަފާތު ދެ މަރުޙަލާއެކެވެ. އެއީ އެއްވެސް ޙާލެއްގައި އިސްފަސް ކުރެވޭނެ ދެ މަރުހަލާއެއް ނޫނެވެ! 

- މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުއްވި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް