އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯމް މިނިސްޓްރީން ފެށީ "ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ކެންޕޭން! - ދޮގު ހެދުމާ ދަސްކޮށްދިނުމާ ހިތްވަރު ދިނުން މަޖިލީހުގަ ބާރަށް ކުރިއަށް!

ހޯމް މިނިސްޓްރީން ފެށީ "ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ކެންޕޭން! - ދޮގު ހެދުމާ ދަސްކޮށްދިނުމާ ހިތްވަރު ދިނުން މަޖިލީހުގަ ބާރަށް ކުރިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 39 ސިކުންތު

"ދޮގު ޚަބަރު ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ހޯމް މިނިސްޓްރީން ކެންޕޭނެއް ފަށައިފިއެވެ. 

މިކަމަށްޓަކައި ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޙޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ ދޮގު ޚަބަރެއް ފެތުރުމުގެ ސަބަބުން މުޖުތަމައަށް، ފަރުދަށް، ޤައުމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަކީ އެމުޖުތަމައެއްގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކު ދޮގު ޚަބަރު ހުއްޓުވަންޖެހޭ ސަބަބުތައް ގިނަވަނީ ދޮގު ޚަބަރުގެ ސަބަބުން މުޖުތަމައަށް ލިބިދާނެ ގެއްލުމަކާ ނިކަމެތިކަމެއްގެ ސަބަބުން ސަލާމަތްކުރުމުގެ ޒިންމާ ކޮންމެ މީހެއްގެ ކޮނޑުގައި އެޅޭތީ. މައުލޫމާތުގެ ރަން ޒަމާނުގައި ދުނިޔޭގެ މިސްރާބު ހިފާ އެއްޗަކީ ބޮޑަތި ހަނގުރާމަވެރި ލަޝްކަރުތަކެއްނޫން. އެއީ ބަރު ހަތިޔާރު ތަކެއްވެސް ނޫން!". 

ޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދު ދުނިޔޭގެ މިޞްރާބު އަމާޒުކުރުމުގެ މައިގަނޑު އަޞާޞަކީ މީޑިޔާކަމަށެވެ. ވަކިވަކި ފަރުދުންގެ އަމަލުތަކާއި، ވިސްނުމާއި ފިކުރާއި، ބޮޑަތި ވިޔަފާރި ކުންފުނިތަކާއި، ބޮޑަތި މުއައްސަސާތަކާއި، ޤައުމުގެ ސިޔާސަތުތައް ބައްޓަންވެގެންދަނީ ފެތުރިގެންދާ ޚަބަރުތަކާ މައުލޫމާތުތަކުގެ މައްޗަށްކަމަށާއި އެހެންކަމުން ފެތުރެމުންދާ ޚަބަރާ މައުލޫމާތަކީ ދޮގު ޚަބަރާއި މައުލޫމާތުކަމަށް ވެއްޖެނަމަ ދެން މުޅި ދުނިޔެއަށް އައިސްފާނެ ބަދަލު އަޅުގަނޑުމެން އެންމެން ވިސްނަންޖެހޭކަމަށެވެ. އަދި ދޮގު ޚަބަރަކީ އެޚަބަރު ފެތުރުން ހުއްޓުވަންޖެހޭ އެއްޗެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"ދޮގު ޚަބަރެއް ފެތުރުމަކީ އޭގެ ސަބަބުން އާއިލާއެއް ރޫޅި ހަލާކުވެ، ފުނޑުފުނޑުވެދާނެ އެއްޗެއް. ދޮގުޚަބަރަކީ އޭގެ ސަބަބުން ބޮޑަތި ވިޔަފާރިތައް ބަނގުރޫޓްވެ އިނދަޖެހިގެންދާކަމެއް. ދޮގު ޚަބަރު ފެތުރުމަކީ ޤައުމުތަކުގެ ތެރޭގައި ހަމަނުޖެހުމާއި، ނުތަނަވަސްކަން އުފެދި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ފެތުރި ދައުލަތުގެ ނުފޫޒާ ބާރު ގެއްލި އެއް ޤައުމާ އަނެއް ޤައުމުގެ މެދުގައި ބޮޑަތި ހަނގުރާމަތައް ކުރަން ފެށިގެންދާކަމެއް. އެހެންކަމުން ޚަބަރާ މައުލޫމާތަކީ އެންމެ ނާޒުކު އެއް ވަޞީލަތް" 

ދުނިޔެއަށް އައިސްފައިވާ އިންޤިލާބީ ބޮޑަތި ބަދަލުތަކުގެ ތެރޭގައި ހަޤީޤަތުގައި މީޑިޔާއަކީ ބޮޑަތި މީޑިޔާ ކުންފުނިތައް ނުވަތަ މެއިންސްޓްރީމް މީޑިޔާތައް ނޫންކަމަށާއި، މިއަދުގެ މީޑިޔާއަކީ މުޖުތަމައުގައި ހިމެނޭ ކޮންމެ ފަރުދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮންމެ މީހަކީ ނޫސްވެރިއެއްކަމަށާއި، ކޮންމެ މީހެއްގެ މުށުތެރޭގައި މީޑިޔާ ސްޓޭޝަނެއް އެބައޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ދުނިޔެއަށް އައިސްފައިވާ ބޮޑުވެގެންވާ ބަދަލެއްކަމަށާއި، މިއަދުގެ ހަޤީޤަތަކީ މިއީކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. 

މި ކެމްޕެއިން 4 މަސްދުވަހަށް ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ ނިންމާފައެވެ. ކެމްޕެއިން ކުރިއަށްގެންދަނީ ބައިސްކޯފް މޯލްޑިވްސްއާ ގުޅިގެންނެވެ. ކެމްޕެއިންގައި މީޑިޔާ ދާއިރާގެ 7 ބޭފުޅުން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތްކުރައްވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ޙޯމް މިނިސްޓަރު މިގޮތަށް މިވާހަކަފުޅު ދައްކަވާފައިވީނަމަވެސް ޜާއްޖޭގައި އެންމެ ގިނައިން ދޮގުހަދާ އަދި އެ ދޮގުތައް ޓެލެކާސްޓްކޮށް ރައްޔިތުންނަށް ކަންކަން އޮޅުވައިލާތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އިއްޔެވެސް ކަނޑައެޅިގެން ދޮގު އެތައް ވާހަކަތަކެއް ދައްކައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅު ކަތިލައި ކޮށައި ކުދިކުރަމުން ގެންދިއަ އިރުވެސް މެންބަރުންނާއި ރިޔާސަތުން ކުރި ހަމަ އެކަނި ކަމަކީ ޓީވީ ބަލާ މީހުންނަށް އެއީ ތެދުވާހަކައެއް ހީވާނެ ގޮތަށް ހީނ އަތް ޖެހުމެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް