އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 16 ސިކުންތު
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖޭގެ ރިސޯޓްތަކުން ފަޚުރުވެރި އެވޯޑްތަކެއް ހޯދައިފިއެވެ.އޮމާންގެ މުސްކަޓްގައި ބޭއްވި 26 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސް ރަސްމިއްޔާތުގައި ރާއްޖެއަށް ވަނީ ސަރަޙައްދީ އެވޯޑްތަކުގެ އިތުރުން ދުނިޔޭގެ ހުރިހާ މަންޒިލްތަކާ ވަދާކޮށްގެން ހޯދާ އެވޯޑްތައްވެސް ހާސިލްކޮށްފައެވެ. ސަރަޙައްދީ ކެޓަގަރީ ނުވަތަ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް 19 އެވޯޑެއް ލިބިފައިވާއިރު، ދުނިޔޭގެ އެހެން މަންޒިލްތަކާއި ވާދަކޮށްގެން ހޯދާ ވޯލްޑް ލީޑިންގ ކެޓަގަރީން 8 އެވޯޑެއް ރާއްޖެއަށް ލިބިފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްސްގައި ސީދާ ރާއްޖެއަށް ލިބުނު ފަޚުރުވެރި އެވޯޑްތަކުގެ ތެރޭގައި، ވޯލްޑް ލީޑިންގ ބީޗް ޑެސްޓިނޭޝަން އެވޯޑް ހިމެނެއެވެ.
މި އެވޯޑުގެ އިތުރުން ރާއްޖެއަށް ލިބުނު ބައެއް އެވޯޑްތަކުގެ ތެރޭގައި،
· ވޯލްޑް ލީޑިންގ އެއަރޕޯޓް ރިސޯޓް - ހުޅުލޭ އައިލެންޑް ހޮޓެލް
· ވޯލްޑް ލީޑިންގ ހަނީމޫން ރިސޯޓް – ޖޭ.އޭ މަނަފަރު މޯލްޑިވްސް
· ވޯލްޑް ލީޑިންގ އައިލެންޑް ވިލާސް – ޑަބްލިޔު މޯލްޑިވްސް
· ވޯލްޑް ލީޑިންގ ލަގްޒަރީ އައިލެންޑް ރިސޯޓް – ވޮށްމުލި ރިސޯޓް
· ވޯލްޑް ލީޑިންގ އަންޑަރވޯޓަރ ހޮޓެލް ރެސްޓޯރަންޓް – އިތާ އަންޑަރ ސީ ރެސްޓޯރަންޓް
· ވޯލްޑް ލީޑިންގ ވޯޓަރ ވިލާ ރިސޯޓް – ސަން އަކުއާ ވިލުރީފް
· ވޯލްޑް މޯސްޓް ރޮމޭންޓިކް ރިސޯޓް – ބަރޮސް މޯލްޑިވްސް
ސަރަޙައްދީ ފެންވަރުގައި ދޭ އެވޯޑްތައް ނުވަތަ އިންޑިއާ ކަނޑުގެ ކެޓަގަރީން ދިން އެވޯޑްތަކުން 19 އެވޯޑެއް ރާއްޖެއަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ސީދާ ރާއްޖެއަށް ލިބުނު 2 އެވޯޑެއް ހިމެނެއެވެ. ދެން ހިމެނޭ 17 އެވޯޑުގެ ތެރެއިން 16 އެވޯޑަކީ ރާއްޖޭގެ ރިސޯޓްތަކަށް ލިބުނު އެވޯޑްތަކެވެ. ރިސޯޓްތަކުގެ އިތުރުން ރާއްޖޭގެ ޓްރެވަލް އެޖެންސީއެއްކަމަށްވާ ސިމްޕްލީ މޯލްޑިވްސް ހޮލިޑޭސް ޓްރެވަލް އެޖެންސީއަށް ވަނީ އިންޑިއަން އޯޝަން ލީޑިންގ ޓްރެވަލް އެޖެންސީގެ އެވޯޑް ލިބިފައެވެ.
Advertisement
1 ޑިސެމްބަރ 2019