އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޑިޔުކޭޝަން ސެކްޓަރ އެނަލިސިސް އާއި އެޑިޔުކޭޝަން ސެކްޓަރ ޕްލޭން އިފްތިތާޙް ކޮށްފި

އެޑިޔުކޭޝަން ސެކްޓަރ އެނަލިސިސް އާއި އެޑިޔުކޭޝަން ސެކްޓަރ ޕްލޭން އިފްތިތާޙް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 33 މިނެޓް, 44 ސިކުންތު

މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓަރ އެނަލިސިސް 2019 އަދި މޯލްޑިވްސް އެޑިޔުކޭޝަން ސެކްޓަރ ޕްލޭން 2019 – 2023 އިފްތިތާޙް ކޮށްފިއެވެ.

މި ދެ ފޮތް އިފްތިތާޙް ކޮށްފައިވަނީ މިއަދު މިކަމަށް ޚާއްސަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާޙިމް ހަސަންއެވެ.

2019 އިން ފެށިގެން 2023 އާއި ހަމަޔަށް ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ދާއިރާގެ މަސައްކަތްތައް ހިނގަމުން ދާނީ މި ޕްލޭންގެ ދަށުން ރޭވިގެން ކުރިއަށްގެންދާ އެޑިޔުކޭޝަން ސެކްޓަރ އިމްޕްލިމެންޓޭޝަން ޕްރޮގްރާމްގެ ތެރެއިންނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުންނެވެ.

މި ފޮތްތަކަކީ ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިއުކޭޝަން ( ޖީ.ޕީ.އީ ) ގެ ހިލޭ އެހީގެ ދަށުން ތައްޔާރުކުރެވިފައިވާ ފޮތްތަކެކެވެ. އީ.އެސް.ޕީ އެކުލަވާލުމާއިއެކު ޖީ.ޕީ.އިން ވަނީ ކުރިއަރަމުންދާ ޤައުމުތަކުގެ ލިސްޓަށް އިތުރުކުރެވޭ 68 ވަނަ ޤައުމުގެ ގޮތުގައި ރާއްޖެ ކަނޑައަޅާފައެވެ.

އީ.އެސް.އޭ އަދި އީ.އެސް.ޕީ ގެ ކޯޑިނޭޓންގ އޭޖެންސީ އަދި ގްރާންޓިންގ އެޖެންސީގެ ރޯލު އަދާކޮށްފައިވަނީ ޔުނިސެފްގެ ފަރާތުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު