އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދީފި

ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 35 މިނެޓް, 3 ސިކުންތު

ފެނުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށް އިސްލާމުކް މިނިސްޓްރީން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވީ އަލް ޤާރީ ޢަބްދުލް ރަޝީދު ޢަބްދުލް ޤާދިރުއެވެ. 

މިކަން ފާހަގަކުރަން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަހްމަދު ރަޝީދު  ވިދާޅުވިގޮތުގައި މީގެ ކުރިން ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޤުރުއާން އުނގަންނައިދިނުމަކީ ދަތި އަދި ބުރަ މަސައްކަތެއް ކަމަށެވެ. 

އެކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ޢާއްމުގޮތެއްގައި ކަންކުރަމުން އަންނަ އުސޫލަކީ މުދައްރިސް ކައިރީގައި ހުރެގެން ކިޔަވާ އަޑު އަހައިގެންނާއި، ކިޔަވާފައިވާ އޯޑިއޯއެއް އަޑުއަހައިގެން ނުވަތަ މައިންބަފައިން ކިޔާދިނުމުން އަޑުއަހައިގެންކަމަށް އަހްމަދު ރަޝީދުގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން ބްރައިލް ދަސްކުރުމުގެ މުހިއްމުކަމަށް އިޝާރާތްކުރައްވަމުން، މި ކަމަކީ ހަމައެކަނި ލޯފަންކުދިން ދަސްކުރަން އޮތް ޢިލްމެއް ނޫންކަމާއި، މިފަދަ ދަރިވަރުން ތަމްރީނުކުރުމަށް މުދައްރިސުންނަށްވެސް މިއީ އެހާމެ މުހިއްމުކަމެއް ކަމަށް ވިދާޅުވިއެވެ. 

ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ރާއްޖޭގައި މިގޮތަށް ކިޔަވައިދިން ފުރަތަމަ ފަހަރުކަމަށްވެފައި، މިކަމަށް ދެއްވި ޚާއްޞަ އިސްކަމާއި އެހީތެރިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީއަށް ވަރަށް ޚާއްޞަ ޝުކުރެއްދެންނެވިއެވެ. އަދި މި ވާކްޝޮޕްގައި ބައެއް ދަރިވަރުންގެ ޢާއިލާގެ މެންބަރުން ބައިވެރިވިކަމަށްޓަކައި އެބޭފުޅުންނަށްވެސް ހިތްވަރުދެއްވިއެވެ.

ބްރައިލް ވާކްޝޮޕަކީ ލޯފަންކުދިންނަށް ކީރިތިޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ކީރިތިޤުރުއާނާބެހޭ ޤައުމީ މަރުކަޒުން 27 އޮކްޓޯބަރ 2019 އަހަރު ފަށާފައިވާ ޕްރޮގްރާމެކެވެ. ޢަރަބި އަކުރުތަކުން ފެށިގެން ޤުރުއާނުގެ ސޫރަތްތައް ކިޔަވާނެގޮތް ވަނީ މި ވާކްޝޮޕުގެ ދަރިވަރުންނަށް އުނގަންނައިދީފައެވެ. ވާކްޝޮޕް ނިމިފައިވަނީ 28 ނޮވެމްބަރ 2019 ވަނަ އަހަރުއެވެ. ޖުމްލަ 9 ދަރިވަރުން ވާކްޝޮޕް ފުރިހަމަ ކޮށްފައިވާއިރު ލޯފަން 6 ކުއްޖަކާއި، މި ދަރިވަރުންގެ އާއިލާގެ ތެރެއިން 2 މެމްބަރަކާއި، ޓީޗަރެއް މީގެ ތެރޭގައި ހިމެނެއެވެ.

މި ވާކްޝޮޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓުގެ އިތުރުން ބައިވެރީންގެ ތެރެއިން ލޯފަން ދަރިވަރުންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ބްރައިލް ޚަތިމް ސެޓެއްވެސްވަނީ ހަދިޔާ ކުރައްވާފައެވެ. މި ތަކެތި ދަރިވަރުންނަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް  އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ޢަލީއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު