އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ!

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު

ރާއްޖެއިން އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން މިއަދު މެންދުރުފަހު އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއަދު ހިމަބިއްސަށް ޓެސްޓްކުރެވުނު 10 މީހުންގެ ތެރެއިން އެކަކު ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައި ވާކަމަށެވެ.

ހިމަބިހި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކާއި، ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރެވި، މިވަގުތުން މިވަގުތަށް ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭނެ ވަރަށް ވެކްސިން ލިބޭނެގޮތް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ހިމަބިހި ޖެހިގެން މިދިޔަ ހަފުތާގައި ފުރަތަމަ ފަރުވާ ދިނީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ. މިއަދު ޕޮޒިޓިވްވި މީހާއާ އެކު މިހާރު ހިމަބިހި ޖެހުނު މީހުންގެ އަދަދަކީ ތިނެކެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ