އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަށު ތެރޭގައި ސީރިއަސް އަޑުތަކެއް ފެތުރޭނަމަ ވާނުވާ ބެލުމަކީ ވެރިންގެ ޒިންމާއެއް ނޫންތޯ؟ މުސާރަ ޙަލާލުކުރޭ!: ޝައިޚް ޝަފީޢު

ރަށު ތެރޭގައި ސީރިއަސް އަޑުތަކެއް ފެތުރޭނަމަ ވާނުވާ ބެލުމަކީ ވެރިންގެ ޒިންމާއެއް ނޫންތޯ؟ މުސާރަ ޙަލާލުކުރޭ!: ޝައިޚް ޝަފީޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

"ރަށު ތެރޭގައި ސީރިއަސް އަޑުތަކެއް ފެތުރޭނަމަ އެކަމެއްގެ ވާނުވާ ބަލައިލުމަކީ ވެރިންގެ ޒިންމާއެއް ނޫންތޯއެވެ؟ ރައްޔިތުންގެ ބައިތުލް މާލުން މުސާރަ ނަގައިގެން، އެ ރައްޔިތުންނަށް ޙިމާޔަތާއި ރައްކައުތެރިކަން ނުދެވޭނަމަ މުސާރަ ޙަލާލު ވާނެތޯއެވެ؟" –ޝައިޚް ޝަފީޢު

ޝައިޚް ޝަފީޢު މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ "ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ގުޅޭގޮތުން ރަށުތެރޭގައި އެފަދަ އަޑުތަކެއް އިވުނު ކަމަށާއި އެހެން ނަމަވެސް ކަމާއިބެހޭ ފަރާތަށް އެކަން ނޭންގީ ރަސްމީ ސިފައެއްގައި ކައުންސިލަށް ޝަކުވާއެއް ނުލިބޭތީ" ކަމަށް ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހްމަދު ޝަހީމް ވިދާޅުވިކަމަށް ބައެއް ނޫސްތަކުގައި ހާމަކުރުމުންނެވެ.

ރަށްރަށުގެ ވެރިންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ހުށަހެލޭ ޝަކުވާގެ މައްސަލަތައް ބެލުން ކަމުގައިވާނަމަ ކައުންސިލު ނެތި ފުލުހުން އެކަނި ތިބުމުންވެސް ފުދޭނެ ކަމަށް ބެލެވެއެވެ. ކައުންސިލަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރަށުގައި ހުންނަ ރައްޔިތުން ކަންބޮޑުވާ މައްސަލަތައް އަމިއްލައަށް ފާހަގަކޮށް މުޖުތަމައަށް ސަލާމަތާއި ރައްކައުތެރިކަން ހޯދައިދިނުން ހިމެނޭ ކަމަށް ޤަބޫލު ނުކުރާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައަކަށް ނުވެ ނުދާނެކަން މިދަނީ ފެންނަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް