އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެތެރެފެންނަ ގޮތަށް ހަދާފައިވާ "ބިއްލޫރި މިސްކިތް" ކެނެޑާއަށް ގެންދިޔުމުން ހީނުކުރާފަދަ ބޮޑު ތަރުޙީބެއް!

އެތެރެފެންނަ ގޮތަށް ހަދާފައިވާ "ބިއްލޫރި މިސްކިތް" ކެނެޑާއަށް ގެންދިޔުމުން ހީނުކުރާފަދަ ބޮޑު ތަރުޙީބެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ސައުދީ އަރަބީގެ ރައްޔިތެއް ކަމަށްވާ އަޖްލާން ޣަރީމް އުފެއްދި އާދަޔާ ޚިލާފު މިސްކިތެއް، ކެނެޑާއަށް ގެންދިޔުމުން އެމިސްކިތައް ލިބުނު ތަރުހީބު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

އެތެރެ ފެންނަ ގޮތަށް ހުރި މިމިސްކިތް ހަދާފައިވަނީ ދަނގަޑާއި، ބިއްލޫރި، އަދި އެލުމިނިއަމް އިންނެވެ. ކަރަންޓުން ދިއްލޭ ބޮކިވެސް ލާފައި ހުރެއެވެ. ބޭރުން ފެންނައިރު މިމިސްކިތް ހީވަނީ ހަމައެކަނި ދަނގަޑުން ހަދާފައިވާ، ހާމަޔަށް ހުރި މިސްކިތެއް ހެންނެވެ. ބައެއްފަހަރު އެތެރޭގައި ތިބި މީހުން ތިބީ ބަންދުވެފައިހެން ވެސް ހީވެއެވެ.

       

މިސްކިތް ބިނާކުރުމުގައި އާޓިސްޓު ބޭނުން ކޮށްފައިވަނީ، ރެފިއުޖީން އެތެރެވިޔަ ނުދިނުމަށް ޔޫރަޕާއި އެމެރިކާގެ ގުއަންޓަނާމޯ ބޭ މިލިޓަރީ ޖަލުގައި ބޭނުން ކޮށްފައިވާ ސާމާނެވެ. މިމިސްކިތައް ގިނަ ބައެއްގެ ތަރުޙީބު ލިބުނީ އަލްޖާންގެ އެވިސްނުމުގެ ސަބަބުންނެވެ.

ވަކި ނަމެއް އަދި ދީފައިނުވާ މިމިސްކިތް މިވަގުތު ހުރީ ކެނެޑާގެ ވެންކޫވަރ ގައި ހުންނަ ވެނިއާރ ޕާކުގައެވެ. މިސްކިތުގެ ރީތިކަން ގިނަ ބަޔަކަށް ދައްކާލުމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެމިސްކިތް ވެނިއާރ ޕާކުގައި ބަހައްޓާނެ ކަމަށް ސައުދީ އަރަބިއާއިން ބުނެފައިވާއިރު، ކެނެޑާގައި އެމިސްކިތް ބެހެއްޓި އެއްއަހަރު ދުވަސްތެރޭގައިި ރިކޯޑު އަދަދަކަށް މީހުން އެމިސްކިތައް ޒިޔާރަތް ކޮށްފައިވާކަމަށް ވެސް ސައުދީން ބުނެއެވެ.

ކެނެޑާގައި ބެެހެއްޓުމަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން އެމިސްކިތް އަލުން އަނބުރާ ސައުދީ އަރަބިޔާއަށް ގެންދިޔަ ނަމަވެސް އެހެން ޤައުމުތަކުން އެދިއްޖެނަމަ، އެޤައުމުތަކަށް ވެސް އެމިސްކިތް ގެންދާނެކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ