އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރަން ނުކުންނަން ރައްޔިތުންނަށް ޖެހިއްޖެ؟

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރަން ނުކުންނަން ރައްޔިތުންނަށް ޖެހިއްޖެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

ޤަވާއިދާއި ޚިލާށފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރަން ނުކުންނަން ރައްޔިތުންނަށް މިހާރު ޖެހިފައިވާ ކަމާއިމެދު ސުވާލު އުފެދިއްޖެއެވެ. 

ސުވާލު އުފެދުނީ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ "އިންޑިއާ ސަރުކާރުން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރު ދުއްވުމާއި ބެލެހެއްޓުމުގައި ތިބޭ އިންޑިއާ ސިފައިންނަށް ވުރެ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކާތެރިކަން ބޮޑު" ކަމަށް ވިދާޅުވުމުންނެވެ. 

މާރިޔާ ވިދާޅުވީ އިންޑިއާއިން ފޮނުވާފައިވާ ހެލިކޮޕްޓަރުތައް ދުއްވުމުގެ ކަންކަމުގައި ތިބި އިންޑިއާ ސިފައިންނަށްވުރެ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް ހާސް ބިދޭސީންގެ ފަރާތުން ދިވެހި ގައުމަށް ދިމާވެދާނެ ނުރައްކާ މާބޮޑު ކަމަށެވެ.

މާރިޔާ ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު "ހަމަ ސިއްސައިގެން ދާހާ ގިނަ" ކަމަށެވެ. އަދި "ސެކިއުރިޓީ ގޮތުން ވިސްނައިފިނަމަ ވެސް، އެމްއެންޑީއެފް އާ ސެކިއުރިޓީ ސެކްޓާގައި އުޅުއްވާ ބޭފުޅުން، އެވެސް ސެކިއުރިޓީ ރިސްކެއް ކަމަށް ބެލިދާނެ" ކަމަށެވެ. އަދި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައި ކިތަންމެ ވައްތަރެއްގެ ބިދޭސީން އެބައުޅޭ ކަމަށެވެ. 

މި މައްސަލަ މިހައި ބޮޑު ޤައުމީ ނުރައްކަލުގެ މައްސަލައަކަށްވެފައިވާއިރުވެސް ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ކޮންމެ ދުވަހަކު މަގުތަކަށް ނުކުމެ މަސައްކަތް ހޯދައި އުޖޫރަ ހޯދައި މިނިވަންކަމާއިއެކު ގެންދަނީ އުޅެމުންނެވެ. އެންމެ މީހަކުވެސް މަގުތަކުން މަދުވާތަނެއް ނުފެނެއެވެ. 

މިކަންކަން ބަލައި ފިޔަވަޅު އަޅާނެ ސަރުކާރުގެ އިދާރާތަކެއްވެސް ހުރިއިރު މާރިޔާގެ ވާހަކަފުޅުން އެނގިގެންދިއައީ ޤައުމީ ސަލާމަތާއި ގުޅުންހުރި މި ނުރައްކައުތެރި މައްސަލަ ޙައްލުކުރަން އެ އިދާރާތައް ފޭލްވެފައިވާ ކަމެވެ. 

ޤައުމު ސަލާމަތްކުރުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެކަމަށް ސަރުކާރު ނުކުޅެދިއްޖެ ޙާލަތުގައި އެ މަސްއޫލިއްޔަތު އަދާކުރުމަކީ ރައްޔިތުންގެ ވާޖިބެކެވެ. އެހެންކަމުން މާރިޔާ ދެއްވި މެސެޖަކީ ރައްޔިތުން ވަރަށް ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ މެސެޖެއް ކަމަށް ޤަބޫލުކުރެވެއެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް