އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުދިން ބަލަން ގެނައި މީހަކު އެމަސައްކަތް ކުރަން ބޭނުން ނުވެގެން ތުއްތު ކުއްޖާގެ އަތް, ކެކިކެކި ހުރި ފެން އެއްޗަކަށްލާ ފިއްސާލައިފި!

ކުދިން ބަލަން ގެނައި މީހަކު އެމަސައްކަތް ކުރަން ބޭނުން ނުވެގެން ތުއްތު ކުއްޖާގެ އަތް, ކެކިކެކި ހުރި ފެން އެއްޗަކަށްލާ ފިއްސާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 15 ސިކުންތު

ސިންގަޕޫރުގެ އާއިލާއެއްގައި ކުދިން ބަލަން ގެނެސްފައި ހުރި މީހަކު، 16 މަހުގެ ތުއްތު ކުއްޖާގެ އަތް ކެކިކެކި ހުރި ފެން އެއްޗަކަށްލާ ފިއްސާލައިފިއެވެ.

ކުއްޖާގެ މަންމަ، އޭމީ ލޯ މެއި ލިއޯން، ސިންގަޕޫރުގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމީހުންގެ ދަރިން ބަލަން ގެއަށް ގެނައި މީހާ މިހާރު ހުރީ ފުލުހުން ހައްޔަރު ކޮށްފައި ކަމަށާއި އެމީހާ އެހެން ހެދީ ކުދިން ބަލަން ބޭނުން ނުވާތީ ގެއަށް އަވަހަށް ފޮނުވާލާނެ ގޮތެއް ހަދަންވެގެން ކަމަށް އަނިޔާކުރި މީހާ ބުނި ކަމަށެވެ.

 

"އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން މިކަހަލަ ކަމެއް އަހަރުމެންގެ ދަރިފުޅަށް ދިމާވެދާނެއެކޭ. ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން، އަހަންނާއި އަހަރެންގެ ފިރިމީހާއަށް ވެސް ޖެހުނީ ވަޒީފާ އަދާކުރަންދާން. އެހެންވެ ކުދިން ބަލަން ގޭގައި ގެންގުޅެން މީހަކު ގެނައީ. އަހަރުމެންގެ ހުންނަނީ ދެ އަންހެން ކުރިން. ދޮށީ ކުއްޖާގެ އުމުރުން އަށް އަހަރު، ހަގު ކުއްޖާއަށް އަދި ވާނީ 16 މަސް.

މިހާދިސާ ހިނގީ މިމަހުގެ 14 ވަނަ ދުވަހު. އެދުވަހު ހަވީރު 5:13 ހާއިރު އަހަރެންގެ ދޮށީ ދަރިފުޅު އަހަރެންގެ ފިރިމީހާއަށް ގުޅާފަ ބުނީ، ކުޑަ ދަރިފުޅަށް ކަމެއްވެއްޖޭ، އަތް ފިހިފައޭ ހުރީ. އަހަރުމެން ވަރަށް ކަންބޮޑުވެ އަވަހަށް ގެއަށް ދިޔައިން. ގޭގައި ގެންގުޅޭ މީހާ ކައިރީގަ އަހަރުމެން ކުރިން ވެސް ބުނެފަ އޮންނާނީ ނުކެއްކިޔަސް އޯކޭ އޭ ހަމައެކަނި އެކުދިންގެ ކަންކަން ކޮށްލަދޭށޭ، އަހަރެން އައިސް ކައްކާނަމޭ. އެހެންވެ، ކިހިނެއް ހިނގި ކަމެއްތޯ ސުވާލު ކުރީމަ ގެންގުޅޭމީހާ ބުނީ އޭނަ ކައްކަން ހުއްޓާ ދަރިފުޅު އެތެލީގަ 'އަތްލީ' ކަމަށް.

         

ދަރިފުޅު ގޮވައިގެން އަހަރުމެން ފުރަތަމަ ދިޔައީ ކްލިނިކަކަށް. އެކަމަކު ވަރަށް ބޮޑަށް ފިހިފަ އޮތީމަ ޑޮކްޓަރު އިރުޝާދު ދިނީ ހޮސްޕިޓަލަށް ދާން. އެހެންވެ ހޮސްޕިޓަލަށް ގޮސް ބޭސް ދިނީ. އެކަމަކު ދަރިފުޅަށް ފަރުވާދިން ޑޮކްޓަރު ބުނި ތެއްޔެއްގަ ޖެހިގެން ފިހޭވަރަށްވުރެ ބޮޑަށް ފިހިފަ ހުރި ކަމަށް އެހެންކަމުން ސުވާލު އުފެދޭ ކަމަށް.

އަހަރެން އެއިރުވެސް އެކަމަކު ގޭގައި ގެންގުޅޭ މީހާއަށް ޝައްކެއް ނުކުރަން. އެކަމަކު ދަރިފުޅު ޑޮކްޓަރަށް ދައްކާފަ ގެއަށް ދިޔައިރު އެމީހާ ހުރީ ގެއިން ނިކުމެގެން ދާން ވެގެން އަވަހަށް ތައްޔާރުވެގެން، އޭނަގެ އެއްޗެހިތައް ވެސް ޕެކް ކޮށްގެން. އަހަރުމެން ބުނިން ނުދާށޭ، އަހަރުމެން އޭނައަށް ޝައްކެއް ނުކުރަމޭވެސް ބުނިން.

އެކަމަކުވެސް އޭނަ މާބޮޑަށް ދާން ކިޔާތީ އަހަރެން އޭނަގެ އޭޖެންޓަށް ގުޅާފަ ބުނިން އޭނަ ދާން ބޭނުންވާ ވާހަކަ. އޭޖެންޓު ބުނި އަނެއްދުވަހު ހެނދުނު އެމީހާ ބަލާ ފޮނުވާނެ ކަމަށާއި ޓްރާންސްފަރ ކޭސް އެއްގެ ގޮތުގަ އެކަަން ކުރިއަށް ގެންދާނެ ކަމަށް. އެއީ ގެންގުޅެން ގެނައި މީހާ އެހެން އާއިލާއަކަށް ފޮނުވާފަ، އަހަރެން ކުރިން ދީފަ އޮތް 6 މަސް ދުވަހުގެ ފައިސާ އަނބުރާ އަހަންނަށް ލިބޭ ގޮތަށް ހަދަން. އެކަމަށް އަހަރެން އެއްބަސްވީން.

ކަންތައް އެކަމަކު ވަމުންދިޔަ ގޮތާއިމެދު ޝައްކުވާން ފެށީމަ، އެދުވަހު އޭނާ ބަލާ އޭޖެންޓަށް މީހަކު ފޮނުވުމުގެ ކުރިން، ގޭގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖްތައް އަހަރެން ބަލާލިން.

އޭގެން ފެނުނު މަންޒަރުން ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން. ދަރިފުޅުގެ އަތް ފިހުނީ ކަންކަން އުދާފަ ހުރި ތެއްޔެއްގަ އަތް ޖެހިގެނެއް ނޫން. ގޭގަ ގެންގުޅެން ގެނެއްސަ ހުރި މީހާ ހޫނު ފެންއެއްޗެއް ކައްކާފަ، އޭތި ކެކިކެކި ހުއްޓާ އޭގެ ތެރެއަށް އަހަރެން ތުއްތު ދަރިފުޅުގެ އަތްލާފަ ގަސްތުގަ ފިއްސާލި!

އަހަރެން އިނީ ލިބުނު ޝޮކަކުން އިރުކޮޅެން ވަންދެން ހުއްޓުން އަރާފަ. ވަގުތުން އަހަރެން އޭޖެންޓަށް ގުޅާފަ ކިޔާދިނިން ކަންތައްވީ ގޮތް، އޭޖެންޓު ބޭނުންވީ އެކަންތައް އޮއްބާލަން. ބުނީ ހިނގާށޭ އެކަން އަމިއްލައަށް ސުލްޙަވެރި ގޮތަކަށް ނިންމާލަން. ތިމަންނަމެންނާ ހަވާލު ކުރާށޭ، ކަމާއިބެހޭ ފަރާތަކަށް ނާންގާ. އަހަރެން ބުނިން އަހަރެންގެ ކުދަ ދަރިފުޅޭ އެއީ، އެހެންވީމަ ކަމާބެހޭ ފަރާތަށް އަންގާނަމޭ. ވަގުތުން އަހަރެން ފުލުހުންނަށް ގުޅިން އަދި އޭޖެންޓަށް އޭނާ ބަލާ އާދެވުމުގެ ކުރިން ފުލުހުންނާއި އެމީހާ ހަވާލު ކުރިން.

ގެންގުޅެން ގެނައިމީހާ ކައިރީގަ އެކަމަކު އަހަރެން އެހިން ކީއްވެތޯ އެހެންހެދީ. އެހީމަ އޭނަ ބުނީ އެއީ އޭނަ އެމަސައްކަތް ކުރަން ބޭނުން ނުވާތީ ކަމަށާއި ގެއަށްދާން ބޭނުންވެފަ ހުރީމަ ކަމަށް. އެކަމަކު ހަ މަސް ދުވަހަށް ކުރިން ވެސް ފައިސާ ދައްކާފަ ހުރީމަ، އޭނަ އެދިގެން ގެއަށް ފޮނުވާނުލާނެތީ ކަމަށް ވެސް އޭނާ ބުނި. އަހަރެން އެހިން އޭނަގެ އެރޭވުމުގަ އޭޖެންޓުގެ ބައިވެރިވުމެއް ވެސް ވޭތޯ. އެހީމަ ބުނީ އާނ އެކޭ، އޭޖެންޓޭ އެހިޔާލު ދިނީވެސް.

ފުލުހުން އައިސް އޭނަ ގެންދިޔަ. އޭޖެންޓު ހުރީ އެކަމާ ވަރަށް ރުޅިއައިސްފަ. ބުނީ އަހަންނަކީ އަހަރެން ގެންގުޅޭ މަސައްކަތު މީހުންނަށް ވަރަށް ގޯސް މީހެއްކަމަށް. އަދި އަހަންނާއި އަހަރެންގެ އާއިލާއަށް ގެއްލުންދޭނެ ކަމަށްބުނެ ބިރުވެސް ދެއްކި. އެމައްސަލަވެސް އަހަރެން ފުލުހުންނަށް ޖެއްސިން. އެކަމަކު ފުލުހުން އެމައްސަލަ ބަލައެއް ނުގަތް. ބުނީ އޭޖެންޓު ބިރުދެއްކި ކަމުގެ ހެއްކެއް ނެތީމަ ކަމަށް." އޭމީ ލޯ އޭނާގެ ދަރިފުޅަށް ލިބުނު އަނިޔާ ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ