އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ އިން ޖަނަވަރީ ވިހި ވަނަ ދުވަހު ކޮރޯނާ ވައިރަސް ވަނީ ފެނި ސާބިތުވެފަ! މިއަދަށް 11 ދުވަސް!

އިންޑިއާ އިން ޖަނަވަރީ ވިހި ވަނަ ދުވަހު ކޮރޯނާ ވައިރަސް ވަނީ ފެނި ސާބިތުވެފަ! މިއަދަށް 11 ދުވަސް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އިންޑިއާގެ ކެރެލާ ސްޓޭޓްގެ މީހަކަށް ކޮރޮނޯ ވައިރަސް ޖެހުނުކަން ސަރުކާރުން ޔަޤީންކޮށްދީފިއެވެ. އެއީ ޗައިނާގައި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ވޫހަން ސިޓީގައި ކިޔަވަމުން ދިއަ ދަރިވަރެކެވެ. 

މިއަދު މިޚަބަރު ނޫސްތަކުގައި ޢާންމުކުރިނަމަވެސ ކޮރޯނާ ވައިރަސް އިންޑިއާއިން ފެނި ސާބިތުވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މިއަދަކީ 30 ވަނަ ދުވަހެވެ. 11 ވަނަ ދުވަހެވެ. 

އިންޑިއާގެ މިއަދުގެ ޙާލަތަށް ބަލާނަމަ 10 މީހަކު ވަނީ އެކަހެރިކޮށް އެޑްމިޓްކޮށްފައެވެ. ކޮރޯނާ ވައިރަސް ފެތުރިފައިވާ ޤައުމުތަކަށް ޒިޔާރަތްކުރި 800 މީހަކަށް ގެންދަނީ ފާރަވެރިވަމުންނެވެ. 

މިބަލީގައި މިހައިތަނަށް ޗައިނާގައި ވަނީ 170 މީހުން މަރުވެފައެވެ. 7801 މީހަކަށްވަނީ ބަލި ޖެހިފައެވެ. 

އެހެން ޤައުމުތަކަށް ބަލާއިރު ތައިލަންޑުގެ 14 މީހަކަށް، ޖަޕާނުގެ 11 މީހަކަށް، ހޮންގކޮންގ އަދި ސިންގަޕޫރު ކޮންމެ ޤައުމެއްގައިވެސް 10 މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް