އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
ފިސްފިސް ކުރިނަމަވެސް ދިވެހިން އިސްލާމް ދީނުގައި ސާބިތުވާނެކަމަށް ބުނެ އަމަލުން އެކަން ދައްކަން ޝައިޚް ޢަލީ ޒައިދު އިލްތިމާސް ކުރައްވައިފިއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދިވެހިން އިސްލާމްދީނުގައި ސާބިތުވެ ތިބުމަށް ބޭރާއި އެތެރެއިން ދެމުންގެންދާ "ހަމަލާތައް" ވަރުގަދަކޮށް ފުޅައުކުރަމުން ގެންދާއިރު އެކަންކަމަށް ދިވެހިން ވަނީ ސާބިތުކަމާއިއެކު ކުރިމަތިލާން ޖެހިފައި ކަމަށެވެ. އެހެންކަމުން ދުލުން ބުނާ ބަސްތަކުގެ އިތުރުން ޢަމަލުން އެކަން ދައްކަން ޖެހިފައިވާ ކަމަށެވެ.
"އަހަރެން ފިސްފިސްކޮށްލި ނަމަވެސް ނުވާނަމޭ ލާދީނީއެއް!" މިހެން އަޅުގަނޑުމެން ބުނާނީ ކޮން ދުވަހަކުތޯ ވެސް ޝައިޚް ވަނީ ސުވާލުކުރައްވައިފައެވެ.
ޝައިކް ޢަލީ ޒައިދު ވިދާޅުވީ ކަތުރުފަންޏަކީ ނުރައްކައުތެރި އެއްޗެއް ކަމަށާއި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ފޫއަޅުވައިލުމުގެ ފުރުޞަތު އެއްވެސް މީޙަކަށް ދީގެން ނުވާނެ ކަމަށެވެ. ކޮންމެ ޖަމާޢަތެއްގެ ވެސް ބާރު އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި އތިބިހައި ހިނދަކު ކަމަށެވެ.
"އެއްބައިވަންތަ ޖަމާޢަތެއް ފޫއަޅުވާލުމަށްޓަކައި އެކަކަށްވެސް ޖާގަދެވިގެން ނުވާނެ! ކަތުރުފަންޏަކީ ނުރައްކާތެރި އެއްޗެއް! އެއްވެސް ޖަމާޢަތެއްގެ ބާރު އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި އޮތްހާ ހިނދަކު! ބޮޑާވުމަކީ ރީތިކަމެއްނޫން! ބޮޑާކަން މީހާ ގެންގޮސް ވައްޓާލާނީ އަނދަވަޅަކަށް!"
- ޝައިޚް ޢަލީ ޒައިދު
Advertisement
9 ފެބްރުއަރީ 2020