އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާޅީސް އަހަރު ނުވާ އެންމެންނަށް ހިމަބިހީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި

ސާޅީސް އަހަރު ނުވާ އެންމެންނަށް ހިމަބިހީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

މާލެ ސަރަހައްދުގެ 4 ތަނެއްގައި، އުމުރުން 40 އަހަރު ނުވާ ފަރާތްތަކުގެ ތެރެއިން ހިމަބިއްސަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުކުރާ ފާރާތްތަކަށް ވެކްސިން ދޭން ފަށައިފިއެވެ.       

ހެލްތް މިނިސްޓްރީން ބުނީ މިއީ އައުޓްބްރޭކް ރެސްޕޮންސްގެ ގޮތުގައި، އައުޓްބްރޭކް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށާއި އެގޮތުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައި ދަމަނަވެށި، އަދި ސޯޝަލް ސެންޓަރ، ހުޅުމާލޭގައި ހުޅުމާލޭ  އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް (2 ވަނަ ފަންގިފިލާ ރެޑްވޭވް މެގަމޯލް ކުރިމަތި) އަދި ވިލިމާލޭގައި ވިލިމާލެ ފެރީ ޓަރމިނަލް ސަރަހައްދުގައި ކަމަށެވެ. 

23 ހެލްތް މިނިސްޓްރީން ބުނީ 23 ފެބްރުއަރީ އިން ފެށިގެން ވެކްސިން ކެމްޕެއިން މުޅިރާއްޖޭގައި ކުރިއަށް ގެންދެވޭނެ ކަމަށާއި އެއިރުން މާލެއާއި އަތޮޅުތެރޭގައި ކަނޑައެޅިފައިމިވާ އުމުރުފުރާގެ ވެކްސިން ފުރިހަމަނުވާ ހުރިހާ ފަރާތްތަކަށް ވެކްސިން ދޭން ފެށޭނެ ކަމަށެވެ. އަދި މީގެ ތެރޭގައި ބޭރު މީހުންނަށް ވެސް ވެކްސިން ދޭން ފެށޭނެ ކަމަށެވެ.       

ކެމްޕެއިންގައި މާލެ ސަރަހައްދުގައި އިތުރު ތަންތަނުގައި ވެކްސިން ޕޯސްޓްތައް ބެހެއްޓޭނެ ކަމަށާއި އަދި ސްކޫލްތަކަށް ގޮސް ވެކްސިން ފުރިހަމަ ނުވާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވެކްސިން ޖަހާނެ ކަމަށްވެސް ބުނެފައިވެއެވެ.

 

ހެލްތް މިނިސްޓްރީގެ ބަޔާނުން: 

މީގެ އިތުރުން މުވައްޒަފުން ގިނަ މުއައްސަސާތަކަށް ސީދާ ގޮސް އެތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދާނެ

2017 ވަނަ އަހަރު ބޭއްވުނު ވެކްސިން ކެމްޕޭނުގައިވެސް ނުޖަހާ ބައެއް ފަރާތްތައް އެބަތިބި، އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި ކެމްޕޭނުގައި ވެކްސިން ޖަހާ، ރައްކާތެރިކަން ލިބުމަކީ މުހިއްމު ކަމެއް

ބޭރުމީހުންނަށް ވެކްސިން ދިނުން: މިއީ ރާއްޖެއިން ހިމަބިހި ނައްތާލުމަށްފަހު ޕޯސްޓް-އެލިމިނޭޝަން ހާޅަތުގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން ކަމެއް

ސަރވެއިލަންސް ނިޒާމު ހަރުދަނާކޮށް، ސިއްހީ ޚިދުމަތްތެރިންނަށް އިތުރު ތަމްރީނުތައް ދެވިފައިވޭ (497) 

މިހާތަނަށް 173 މީހުން ޓެސްޓް ކުރެވި، 12 ޕޮސިޓިވް ކޭސް ފެނިފައިވޭ، ހުރިހާ ކޭސްއެއްވެސް ފެނިފައިވަނީ މާލެ ސަރަހައްދުން

މިހާތަނަށް ކޮންމެ ކޭސްއަކާއި ގުޅިގެން އެފަރާތެއްގެ ކޮންޓެކްޓްސްއަށާއި، ދިރިއުޅޭ ސަރަހައްދުގެ ވަށައިގެން ވަކި ހިސާބެއްގައި އުޅޭ ފަރާތްތަކަށް ވެކްސިން ދެވިފައިވޭ- މިއަދާ ހަމައަށް 1384 ފަރާތަކަށް ވެކްސިން ދީފައިވާނެ

މީގެ އިތުރުން މާލެ ސަރަހައްދުގައާއި އަތޮޅު ތެރޭގައި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް ވެކްސިން ދިނުމާއި، 6 މަހާއި 18 މަހާއި ދެމެދުގެ ކުދިންނަސް އިތުރު ޑޯޒެއް ދިނުން ވަނީ ފެށިގެން ކުރިއަށް ގެންދެވިފައި (މިހާތަނަށް 1780 ކުދިންނަށް ދެވިފައިވޭ)

އަދި ސިއްހީ ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ވެކްސިން ދިނުން ކުރިއަށްދޭ (2647 މިހާތަނަސް ދެވުނު އަދަދު)

މުޅިއެކު ވެކްސިން މިހާތަނަށް ދެވިފައިވަނީ 7961 ފަރާތަކަށް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު