އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤާނޫނުގަވާ އެންމެ ހަރުކަށި އަދަބުދޭން ގޮވާއިރު ޤާނޫނު މިވަނީ އިންސާނީ ޙައްޤުތަކުގެ ނަމުގަ ކޮށާ މަށައި މަޑުކަށިކޮށްފަ: ޝައިޚް ޝަފީޢު

ޤާނޫނުގަވާ އެންމެ ހަރުކަށި އަދަބުދޭން ގޮވާއިރު ޤާނޫނު މިވަނީ އިންސާނީ ޙައްޤުތަކުގެ ނަމުގަ ކޮށާ މަށައި މަޑުކަށިކޮށްފަ: ޝައިޚް ޝަފީޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

"ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭން ގޮވާއިރު، ޤާނޫނު މިވަނީ އިންސާނީ ޙައްޤުތަކުގެ ނަމުގައި ކޮށައި މަށައި މަޑުކަށިކޮށްފައެވެ. ކެރެންޏާމު ދޭންވީ އިސްލާމީ ޝަރީޢަތުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބެވެ. ދައުލަތާއި މުޖުތަމަޢަށްވެސް އެގޮތް ލުއިވެގެންވެއެވެ." ޝައިޚް ޝަފީޢު ޢަބްދުﷲ

މިހާރަކަށް އައިސް ކުށްތައް ކުރުމުން ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭން ގިނަ ބައަކު ގޮވައެވެ. އެއަޑުވެސް ވަރަށް ގަދަވެގެންދެއެވެ. ނަމަވެސް ހިތާމައަކީ ޤާނޫނުގައިވާ އަދަބުތަކަކީ ކުށްކުރުން ހުއްޓުވޭވަރުގެ އަދަބުތަކަކަށް ނުވާ ކަމެވެ. އިންސާނީ ޙައްޤުތަކުގެ ނަމުގައި ޤާނޫނު ކޮށައި މަށައި މަޑުކަށިކޮށްފައިވާތީއެވެ!

ފެންނަމުން މިދަނީ އެކަމުގެ ނަތީޖާއެވެ! ކުށްކުރުން ދަނީ ދުވަހަކަށް ގިނަވަމުންނެވެ. ކުށްކުރާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. ކުށް ކުރަން ޖެހިލުންވާ މީހުންގެ ޢަދަދު ދަނީ ގިނަވަމުންނެވެ.

"ކެރެންޏާމު ދޭންވީ އިސްލާމީ ޝަރީޢަތުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބެވެ." އިސްލާމީ ޝަރީޢަތުގައިވާ އަދަބު ދޭން ނުކުރެންވީ ކީއްވެގެން ހެއްޔެވެ؟ އެ ޙުކުމްތަކަކީ ރައްބުލްކާއިނާތު، ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކެވެ. ހުރިހާ އިންސާނުންނަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ އެކަލާނގެ އަޅުންނެވެ.

ދުނިޔަވީ ނަޒަރަކުން ބެލި ނަމަވެސް ޞާހިބާގެ އަޅުން ޞާޙިބާގެ އަމުރަށް ނުކިޔަމަންތެރިވާނަމަ އެއީ ޞާޙިބާއަށް ނުކިޔަމަންތެރިވެ ޖަދަލުކުރުން ކަމުގައި ނޫނީ ނުވާނެއެވެ! އެހެންކަމަށްވާއިރު ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒު ނުކުރުމަކީ ﷲ ތަޢާލާ ޢާއި ޖަދަލުކުރުން ނޫން ކަމަށް ހެދޭނީ ކިހިނަކުން ހެއްޔެވެ؟ ދުނިޔޭގައި އިންސާނުންނަށް އިކްތިޔާރު ދެއްވަވާފައިވާތީ ޖަދަލުވެސް ކުރެވިދާނެއެވެ! އާޚިރަތް ދުވަހު ޖެހޭނީ ހަމަ ﷲ ތަޢާލާގެ ހަޟްރަތުގައި ކުޑަކަކޫ ޖަހާށެވެ!

"ދައުލަތާއި މުޖުތަމަޢަށްވެސް އެގޮތް ލުއިވެގެންވެއެވެ." ޖަލުތައް ވަނީ ފުރިފައެވެ. ދަނީ ބަންޑުންވަމުންނެވެ. ޢުމުރުން ދުވަސްވީ މީހުންނަށް ދެވޭ އަސާސީ ޕެންޝަނަކީ މަހަކު 5000 ރުފިޔާއެވެ. ބުނާ އަޑު އިވެނީ ކުށްވެރިއަކު ބަލަހައްޓަން މަހަކު ކުރަން ޖެހޭ ޚަރަދު 30000 ރުފިޔާ އާއި ގާތްކުރާ ކަމަށެވެ.

ކުށްވެރިންގެ ކަންކަމަށާއި ހަކުރުބޯ ބަލިމީހުންގެ ކަންކަމަށް ކުރާ ހޭދަ އާ އަދި ކުށްވެރިން ފަހަތުން ދުވެ ފާރަލަން ކުރަން ޖެހޭ ޚަރަދުތަކާއި އަދި އުޅަނދުފަހަރު ކުށްވެރިވާ ގޮތަށް ދުއްވައި ކުރާ އެކްސިޑެންޓްކުގައި އަނިޔާ ލިބޭ މީހުންނަށް ކުރަންޖެހޭ ޚަރަދު އެއްކޮށްލައިގެން ބަލައިފިނަމަ ދައުލަތުގެ ޖުމުލަ ވެލްފެއާ ޚަރަދަށްވުރެ 2،3 ގުނަ ބޮޑުވާނެ ކަމަށް ބެލެވެއެވެ!

އިސްލާމީ ޝަރީޢާ ޤާއިމުކުރާނަމަ މި ޚަރަދުތައް އެތައް ގުނައަކަށް މަދުކުރެވޭނެއެވެ! ދައުލަތަށް ބަލަހައްޓަން ޖެހޭނީ ގިނަވެގެން 100 ވަރަކަށް ކުށްވެރިންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް