އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު
ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވާ "މައިލޯ ސްޓްރީޓް ސޮކާ" ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ސްކެވެންޖާސް، މެޖެންޓާ އަދި މަރަދޫ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
ސްކެވެންޖާސް ރޭ މޮޅުވީ ވިނާސް އެފްސީގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްކެވެންޖާސްގެ އަޔާޒު އަހުމަދެވެ.
ޔަންގް މެޖެންޓާ މޮޅުވީ ގައުމު އެފްސީއާ ބައްދަލުކޮށް 2-0 އިން ކަމަށްވާއިރު، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުސެއިން ޝިފާޒެވެ.
އަދި މަރަދޫ ޔުނައިޓެޑް ތޭ މޮޅުވީ ފްރެންޑްސް ކްލަބާ ބައްދަލުކޮށް 3-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުސެއިން ވިފާގެވެ.
މި މުބާރާތުގައި މިރޭ ވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެސްއެމްޓީ އާއި ޝަންގްރިއްލާ ޔުނައިޓެޑެވެ. ދެވަނަ މެޗުގައި ގަން އެއާޕޯޓާއި ބޭރުމަތި އެފްސީއެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ ހަބޭސް އާއި ކަޅަ ބެންޗާއެވެ.
މިރޭގެ މެޗުތައް ފަށާނީ 8:30 ގައެވެ.
ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއި އެކު ބާއްވާފައިވާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ސްކަވޭންޖާސްއެވެ. ރަނައަޕް ހޯދީ ހަބޭސްއެވެ.
ޚަބަރު: އައްޑޫލައިވް
Advertisement
19 ފެބްރުއަރީ 2020