އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ﷲ އަމުރުފުޅު ކުރައްވަވާފައިވަނީ ހެޔޮކޮށް ހިތުމަށެވެ.": ޝައިޚް ޢަލީ ޒައިދު

މައިންބަފައިން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ﷲ އަމުރުފުޅު ކުރައްވަވާފައިވަނީ ހެޔޮކޮށް ހިތުމަށެވެ.": ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

"މައިންބަފައިންގެ ތެރޭގައިވެސް ދަރިންނާއިމެދު ވަރަށް ގޯސްކޮށް ކަންތައް ކުރެވޭ މައިންބަފައިންވެސް ތިބެއެވެ. އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ދުނިޔޭގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ."—ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅާއި ގުޅިގެން ބައެއް މީހުން ބުނެފައިވެއެވެ. 

"މައިންބަފައިން ނުރުހޭ ގޮތަށް ދަރިން ކަންކަން ކުރާނަމަ ބަސްބުނާނެއެވެ. އަދި ކަންކަންވެސް ކުރާނެއެވެ. އެއީ ދަރިން ދެކެ ލޯބިނުވާތީއެއް ނޫނެވެ. ލޯބިވާތީ ކަންކަން އިޞްލހްކުރަން އެދޭތީއެވެ. ވީމާ މައިންބަފައިން ބަހެއް ބުނި ނަަމވެސް އެމީހުންނާއިމެދު ނުބައިކޮށް ދެކެ ނުބައި ޢަމަލު ކޮށްގެން ނުވާނެއެވެ. 

އެކަން އެނގެނީ ދަރިންނަށް ކަންކަން ދިމާވުމުން މައިންބަފައިން އެކަމެއްގައި ޝާމިލުވެ ދަރިންނަށްޓަކައި ޤުރްބާންވާތީއެވެ. އެމީހުންގެ އަމިއްލަ އުފާތައް ޤުރްބާން ކޮށްފައި ދަރިންނަށް އަބަދުވެސް އެހީތެރިވެދޭތީއެވެ. 

މައިންބަފައިން އެމީހުންނަށް ފެންނަ ގޮތަށް ނަބޭޙަތް ދިނުމުން ކުރިމަތީގައި ބަސްބުނެ ޖަދަލު ނުކުރާށެވެ! ދުނިޔެއަށް އުފަންވީންސުރެ އެހީތެރިވެދީ ބަލައި ބޮޑުކުރަނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެކަމުގެ އަގު ވަޒަންކުރަންވާނެއެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް