އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުސް އޮފީހަށް ހާޒިރު ކުރުމާއި, މޭޔަރު ކަމަށް ކުރިމަތިލުމާ ގުޅުމެއް އޮތް ކަމަށް ގަބޫލުކުރެވޭ: މުއިއްޒާ

ފުލުސް އޮފީހަށް ހާޒިރު ކުރުމާއި, މޭޔަރު ކަމަށް ކުރިމަތިލުމާ ގުޅުމެއް އޮތް ކަމަށް ގަބޫލުކުރެވޭ: މުއިއްޒާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

މިރޭ ފުލުސް އޮފީހަށް ހާޒިރު ކުރުމާއި, މޭޔަރު ކަމަށް ކުރިމަތިލުމާ ގުޅުމެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަަރ އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ ގިނަ ތުހުމަތުތަކެއްކޮށް ގަޑިއެއްހާއިރު އޭނައާ ފުލުހުން ސުވާލު ކުރި ކަމަށާއި އަދި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމާ ގުޅުމެއް އޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެގޮތަށް ސިފަކުރައްވަނީ އޭނާ އަށް ކުރާ ތުހުމަތުތަކުގެ ވާހަކަ ދައްކާތާ ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ. އަދި  އިންތިހާބެއް ކުރިމަތިވެފައި އޮއްވައި، އިންތިހާބުގައި ވާދަކުރާ ފަރާތްތަަކަށް ހަމަހަމަ ފުރުސަތު ނުދީ، އިންތިހާބުގައި ވާދަކުރާ ފަރާތްތައް އެކަހެރިކުރުމަށް އެކި ކަހަަލަ މަސައްކަތައް ކުރުމަކީ ޑިމޮކްރަަސީގެ ރީތި ސިފައެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. 

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލާގައި މުއިއްޒުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައިދޭން ފިނޭންސް މިނިސްޓްރީއިން މީގެކުރިން ވަނީ ފުލުހަށް ފޮނުވާފައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު