އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުޑަ ވައިރަސްއަކާހުރެ ފާފައިން އިސްރާފްކުރަމުން ދިއަ ތަންތަން އަމިއްލައަށް ފަޅުކުރަން ޖެހުން ޢިބްރަތަކަށް ނުވޭތޯ؟: ޝައިޚް ޢަލީ ޒައިދު

ކުޑަކުޑަ ވައިރަސްއަކާހުރެ ފާފައިން އިސްރާފްކުރަމުން ދިއަ ތަންތަން އަމިއްލައަށް ފަޅުކުރަން ޖެހުން ޢިބްރަތަކަށް ނުވޭތޯ؟: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

"ﷲ ގެ މަތިވެރިކަމާ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއިއެވެ! ނިކަން ވިސްނަވާލައްވަ ބައްލަވާށެވެ! މީހުން މެރުމާއި ވައްކަން ކުރުމާއި ފާހިޝް އަމަލުތައް ކުރުމާއި ނައިޓް ކްލަބްތަކާއި ބަނގުރާ ބޯ ތަންތަންތަނާއި މިހެން ގޮތް ފާފަތަކުން އިސްރާފް ކުރަމުން މުޅި ދުނިޔެ މިވަނީ މުޅި ދުނިޔެ މިވަނީ ﷲ ތަޢާލާ ފޮނުއްވެވި ކުޑަކުޑަ މަޚްލޫޤަކާއިހުރެ ހުއްޓިފައެވެ. އަދިވެސް އެފަރާތައް ރުޖޫޢަވާކަށް ނުވޭތޯ އެވެ؟: ޝައިޚް ޢަލީ ޒައިދު

ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައި އެވަނީ 24 ގަޑިއިރު ހިންގަމުން ގެންދިއަ ހަށިވިއްކާ ތަންތަނާއި ނައިޓް ކްލަބްތަކާއި ބާރތަކާއި ޖުވާ ކުޅޭ ތަންތަނާއި މިފަދަ ތަންތަން ބަންދުކޮށް އެންމެން ގެއަށް ވަންނަން ޖެހިފައިވާ ކަމެވެ. އެތަންތަން ފަޅުވެފައިވާ ކަމެވެ.

މާބޮޑު ކަމެއް ވެގެނެއް ނޫނެވެ! އެތަންތަނުގައި ހުލުރޯވެ އަނދައިގެނެއް ނޫނެވެ. ޢިމާރާތް ނުވަތަ ފުރާޅުތައް ވެސް ވެއްޓިގެނެއްވެސް ނޫނެވެ. ފެތުރިގެން ދިއަ ލޮލަލަސްވެސް ނުފެންނަވަރުގެ ކުޑަކުޑަ ވައިރަސް އެއްގެ ސަބަބުންނެވެ.

ޝައިޚް ސުވާލު ކުރައްވަވާފައި އެވަނީ ފެނިގެން މިދާ ކަންކަމުންވެސް ޢިބްރަތް ޙާޞިލުކޮށް އަދިވެސް ﷲ ތަޢާލާގެ މަގަށް ރުޖޫޢަވާން ނުވަނީތޯއެވެ؟ ﷲ ތަޢާލާ މާދަމާ ވެސް މިޙާލަތުން މީސްތަކުން ސަލާމަތްކުރއްވަވާއިރަށް ހަމަ ކުރިން ކުރަމުން ގެންދިއަ ފާފަތައް ކުރަން ފެށުން އެއީ ހަމަ ބުއްދިވެރިން ކުރާނެ ކަމެއްތޯއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް