އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުބްޙާނަ ﷲ! އިހައްދުވަހު ހައިރާންވެގެން އުޅުނީ 6 ލައްކައަށް އަރާތީ! މިހާރު އެއިގެ ދެގަނަ އާ ގާތްވަނީ!: ޝައިޚް ޢަލީ ޒައިދު

ސުބްޙާނަ ﷲ! އިހައްދުވަހު ހައިރާންވެގެން އުޅުނީ 6 ލައްކައަށް އަރާތީ! މިހާރު އެއިގެ ދެގަނަ އާ ގާތްވަނީ!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

"ސުބްޙާނަ ﷲ! އިހައްދުވަހު އަޅުގަނޑުމެން އުޅުނީ ހައިރާންވެގެން 6 ލައްކައަށް އަރާތީ! އެކަމު މިއަދު މިހާރު 12 ލައްކައާއި ގާތްވަނީ! މީންކޮންމެ ކަމަކުން އެނގިގެން ދަނީ އިންސާނުންގެ ނިކަމެތިކަން! ހެއްދެވިފަރާތަށް ރުޖޫޢަވާން ލިބުނު ފުރުސަތަކަށް މިފުރުސަތު ހަދަމާ! ﷲ ބަރަކާތް ލައްވާށި!" އާމީން – ޝައިޚް ޢަލީ ޒައިދު  

ކޮރޯނާ ވައިރަސް އަށް މިރޭގެ 10 ޖެހުމާއި ހަމައަށް ވަނީ 1,169,287 މީހުން ޕޮޒިޓިވްވެފައެވެ. މާނައަކީ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު މިވަނީ 1.1 މިލިއަނަށްވުރެ ގިނަވެފައެވެ. 1.2 މިލިއަނަށް އަރަން ދަނީއެވެ.  

މިވަގުތާއި ހަމައަށް މަރުވި މީހުންގެ އަދަދަކީ 62,730 އެވެ. ސީރިއަސް ޙާލަތުގައި ތިބި މީހުންގެ ޢަދަދަކީ 40,035 އެވެ. ޝިފާ ލިބުނު މީހުންގެ އަދަދަކީ 241,770 އެވެ. 864,787 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.  

ބަލި އެންމެ ބާރަށް ފެތުރެމުން އަންނަ އެމެރިކާގައި މިވަގުތާއި ހަމައަށް ރަސްމީ ޢަދަދަށް ބަލައިފިނަމަ ޕޮޒިޓިވްވި މީހުންގެ އަދަދު 3 ލައްކަ ހަމަވާން މަދީ 8 މީހުންނެވެ. ވީމާ މިހާރުވާނީ 3 ލައްކަ ހަމަވެފައެވެ. ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 277,391 އެވެ. މަރުވި މީހުންގެ އަދަދަކީ 8,137 އެވެ. މިއީ ޗައިނާގައި މަރުވި މީހުންގެ އަދަދަށްވުރެ 5000 މީހުން ވަރު ގިނަ ޢަދަދެކެވެ.  

މިވަގުތާއި ހަމައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީ އާއި ސްޕޭނުންނެވެ. އިޓަލީގައި މަރުވި މީހުންގެ ޢަދަދަކީ 15,362 އެވެ. ސްޕޭންގައި މަރުވި މީހުންގެ އަދަދަކީ 11,744 އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް