އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނޑޫ، ހަކުރު، ފުށް ރަނަށް ވެއްޖެ! އިސްރާފް ނުކުރައްވާ! އިޤްޠިޞާދު ކުރައްވާ!: ޝައިޚް ޢަލީ ޒައިދު

ހަނޑޫ، ހަކުރު، ފުށް ރަނަށް ވެއްޖެ! އިސްރާފް ނުކުރައްވާ! އިޤްޠިޞާދު ކުރައްވާ!: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

"މީގެކުރިން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް އިސްރާފުކުރާ ބައެކެވެ. ނުކެވޭވަރަށް ކައްކައި އުކާލައެވެ. ނަމަވެސް މިއަދު ހާލަތުބަދަލުވެ ހަނޑޫ ހަކުރު ފުށް ރަނަށް ވެއްޖެއެވެ! ދެންވެސް އެއްވެސްވަރަކަށް އިސްރާފް ނުކުރާށެވެ! ވ. އިޤްތިޞާދު ކޮށްގެން ކައްކާށެވެ! އަދި ކާށެވެ!"

- ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދުގެ މި އިލްތިމާސަކީ މިއަދުގެ ޙާލަތަށް ވަރަށް މުހިންމު އިލްތިމާސް އެކެވެ. ކެއްކުނު މިންވަރުކުޑަތަންކޮޅެއް މަދުވި ނަމަވެސް ފުއްދައިލެވިދާނެއެވެ. ރޯދައަށްވެސް ތިބެނީއެވެ. ކެތްތެރިވެލާށެވެ! އިސްރާފް ނުކުރާށެވެ! 

ޙަދީޘްފުޅުގައި ކާން އޮތީވެސް ގޮހޮރުގެ ތިންބައިކުޅަ އެއްބައަށެވެ. އަނެއް ތިންބައިކުޅަ އެއްބައަށް އޮތީ ފެން ބުއިމެވެ. އަނެއްބައި އޮތީ ނޭވާލުމަށްޓަކައި ހުހަށް ބޭއްވުމެވެ. މި ޙަދީޘްފުޅުގައި މިވަނީ ހަށިގަނޑަށް އެންމެ ފައިދާހުރި ގޮތްކަމަށް މިއަދުގެ ޑޮކްޓަރުންވެސް ޢަބޫލުކުރެއެވެ. އެގޮތަށް ޢަމަލުކުރަން އިރުޝާދުވެސް ދެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް