އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފައިވާ މުދާ ބޮޑު އަގުގައި ވިއްކާ ނަމަ ރިޕޯޓް ކުރަން އިކޮނޮމިކް މިނިސްޓްރީން އެދިއްޖެއެވެ.
މިކަމާގުޅިގެން އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފަވަނީ މުދާ ގަންނަ މީހުންނާއި ޚިދުމަތް ލިބިގަންނަ މީހުން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން މުދާ ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވާ މުދާ އެ އަށް ވުރެ ބޮޑު އަގުގައި ވިއްކާ ނަމަ، އެ ފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ފުރަތަމަ ފަހަރު ގިނަވެގެން 100،000ރ. އިން ޖޫރިމަނާކޮށް އަދި އެ އަށް ފަހު އެކަން ތަކުރާރު ކުރާ ކޮންމެ ފަހަރަކު ގިނަވެގެން 100،000ރ. އިން ޖޫރިމަނާ ކުރުމާ އެކު، އެ ވިޔަފާރިއެއް ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ބަންދު ކުރަން އެންގިދާނެ ކަމަށެވެ.
ސަރުކާރުން އަގު ކޮންޓުރޯލް ކޮށްފައިވާ ބައެއްބޥަތުގެ ތެރޭގައި ފިޔާ އާއި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގުގެ ގޮތުގައި 20ރ. ވަނީ ކަނޑައަޅާފައެވެ. ކުކުޅު ބިހެއް އެންމެ ބޮޑުވެގެން ވިއްކޭނީ 1.80ރ. އަށް ކަމަށާއި މުގު ކިލޯއެއް ވިއްކޭނީ 45ރ. އަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ކޮންޓްރޯލް ކޮށްފައިވާ މުދާ ބޮޑު އަގުގައި ވިއްކާ ނަމަ އެފަރާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީ އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ވަނީ އެދިފައެވެ.
Advertisement
23 އޭޕްރީލް 2020