އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިއްލީ އަލުން ހުޅުވާލަންވީ، ކޮރޯނާ ވައިރަހާއެކު ދިރިއުޅެން ތައްޔާރު: އަރްވިންދް ކެޖްރިވާލް

ދިއްލީ އަލުން ހުޅުވާލަންވީ، ކޮރޯނާ ވައިރަހާއެކު ދިރިއުޅެން ތައްޔާރު: އަރްވިންދް ކެޖްރިވާލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ނިއު ދިއްލީ: ދިއްލީގައި ގާއިމު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އުވާލަންވީ ވަގުތު ޖެހިއްޖެ ކަމަށް ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވާލް އިއްޔެ އިއުލާނު ކޮށްފިއެވެ. 

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގެ ތިންވަނަ ފޭސްއަށް މިހާރު އިންޑިއާ ގޮސްފައިވާއިރު، މިނިސްޓަރު އަރްވިންދު ބުނެފައިވަނީ ދިއްލީ އަލުން ހުޅުވާލަންވީ ކަމަށާއި ކޯވިޑް-19 އާއެކު ދިރިއުޅެން ތައްޔާރު ކަމަށެވެ. 

މިހާތަނަށް އައި އިރު ދިއްލީއިން 4122 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން 1256 މީހަކު ބަލިން ރަނގަޅުވެފައިވާއިރު 64 މީހަކު ވަނީ މަރުވެފައެވެ. ބާކީ ތިބި މީހުން އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ.

ޗީފް މިނިސްޓަރު ބުނި ގޮތުގައި ދިއްލީ އަލުން ހުޅުވާލި ކަމުގައިވިޔަސް، ބަލި ބޮޑަށް ފެތުރޭ ސަރަޙައްދުތައް ބަންދުވާނެއެވެ. 

"ޔޫނިއަން ގަވާމެންޓައެކު މަޝްވަރާ ކުރަމުން މިގެންދަނީ، ބަލި ބޮޑަށް ފެތުރެމުން އަންނަ ސަރަޙައަދުތައް ބަންދު ކޮށްފައި ބަހައްޓަން. ނަމަވެސް އެހެން ސަރަޙައަދުތައް ވެސް ހުޅުވިފައި ހުންނާނީ ވަކި ގޮތްތަކެއްގެ މަތިން. ފިހާރަތައް ވެސް ހުޅުވާފަ ހުންނަންވާނީ މަދު ވަގުތުކޮޅަކު. ލޮކަޑައުން އުވާލާފަހުން މިބަލި އަނެއްކާ އިތުރަށް ފެނިއްޖެ ނަމަވެސް އަހަރުމެން މިތިބީ އެކަމަށް ވެސް ތައްޔާރަށް" އަރްވިންދު ބުންޏެވެ.

މީގެއިތުރުން އަމިއްލަ ކުންފުނިތައް ހުޅުވި ނަމަވެސް އެއޮފީސްތަކުގައި ކުރަންވާނީ އެންމެ 33% ގެ މަސައްކަތް ކަމަށާއި ނަމަވެސް އައިޓީ ސެކަޓަރާއި މެނުފެކްޗަރިންގ ޔުނިޓްތަކުގެ މަސައްކަތް އެއަށްވުރެ ދިގު މުއްދަތަކަށް ކުރުމުގެ ހުއްދަ އެބައޮތް ކަމަށް ވެސް އަރްވިންދު ބުންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ