އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙުސައިން ޢަބްދުﷲ: އާޚިރަތުގެ ދަތުރަށް ފެށްޓެވީ ފިސާރި ރަނގަޅަށް ފޮށިތަންމަތި ހަމަކުރައްވައިގެން! - އިން ޝާ ﷲ

ޙުސައިން ޢަބްދުﷲ: އާޚިރަތުގެ ދަތުރަށް ފެށްޓެވީ ފިސާރި ރަނގަޅަށް ފޮށިތަންމަތި ހަމަކުރައްވައިގެން! - އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

އަމިއްލަފުޅު ރަށް، މަރޮށިގައި ދިރިއުޅުއްވި ގެ އެންމެ ޒަމާނީ ސްކޫލަކަށް ބަދަލު ކުރައްވައި ސަރުކާރާއި ޙަވާލުކުރައްވާފައިވަނީ ޖެހިގެން އޮތް ގޯތި ސަރުކާރުން ދެއްވުމުން އެ ގޯތްޗާއިވެސް އެކުގައެވެ! ޕްރިންސިޕަލް ހުންނަވާނެ ގެ ފަދަ އިމާރާތްތަކާއިވެސް އެކުގައެވެ. 

ރޭ ދެމިއޮތުމުގެ ޢާލަމަށް ދަތުކުކުރައްވާފައިވާ އަލްމަރުޙޫމް ޙުސައިން ޢަބްދުﷲ (އެމްއެޗްއޭ) ގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތަކީ އިސްލާމް ދީނުގެ ހިދާޔަތު ރާއްޖޭގައި ފެތުރުމަށާއި ރާއްޖޭގައި އިސްލާމީ ނޫރުގެ އަލިގަދަކުރައްވަން ކުރެއްވެވި މަސައްކަތްޕުޅުތަކެވެ. 

ތިރީގައި މިވަނީ ޙުސަން ޢަބްދުﷲ ގެ އެންމެ ކުރީގެ، އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބްދުއްލަޠީފް ޢުމަރު، ޙުސައިން ޢަބްދުﷲ އާއި ބެހޭ ގޮތުން ވިދާޅުވެ ބައެއް ވާހަކަފުޅުތަކެވެ.  

އަލްމަރްޙޫމް ޙުސައިން ޢަބްދުﷲގެ އެންމެ ޚާއްޞަ އެއް ޚިދުމަތަކީ އިސްލާމް ދީނަށް ޚިދުމަތްކުރެއްވުން ކަމަށްވާއިރު އޭނާވަނީ ށ.އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ކޮންމެ ރަށަކުން ދަރިވަރަކު ޕާކިސްތާނަށް އިސްމާލްބެ (ޝައިޚް އިސްމާޢީލް) އަރިހަށް ފޮނުއްވައި ޙާފިޡުންނަށް ހައްދަވަން މަސައކަތްކުރައްވައިފައެވެ. އަދި އެ މަސައްކަތްވަނީ ވަރަށް ބޮޑަށް ކާމިޔާބު ކުރެވިފައެވެ. 

އަޅުގަނޑަކީ އެދަތުރުގައިވެސް ބައިވެރިވި މީހަކީމެވެ. އެއިގެ ތެރެއިން ގިނަ ދަރިވަރުން މިހާރު ތިއްބެވީ މަދީނާއިންވެސް ކިޔަވައި ވިދާޅުވެގެންނެވެ. 

ދީނީ ޢިލްމުވެރިން އުފައްދަވަން ޝައުޤުވެރިވެވަޑައިގެން ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ވަނީ އުފައްދަވައިފައެވެ. "ވަރަށް ގިނަވާނެ ޙުސައިން ޢަބްދުﷲ އެހީތެރިވެދެއްވައިގެން ކިޔަވާ ވިދާޅުވި ޢިލްމްވެރިން. މިހާރު ހުންނެވި އިސްލާމިކް މިނިސްޓަރަކީ ޕީއެޗްޑީ ހައްދަވައި ނިމިވަޑައިގަންނަވަންދެން އެހީތެރިވެވެޑައިގެން ދެއްވި އެއް ދަރިވަރު! ވަރަށް ގިނަ ޝައިޚުންނާއި ޙާފިޡުން ތިއްބަވާނެ ޙުސައިން ޢަބްދުﷲގެ އެހީތެރިކަމުގަ ދަރިވަރުވެގެން. 

"މިކަން މިފާހަގަކޮށްލީ ދީނީ ޢިލްމުވެރިން އުފެއްދުމުގެ މަތިވެރިކަން ހާމަކުރުމުގެ ގޮތުން. އެމީހަކު ކިޔަވައިދިން ދަރިވަރުން ކުރާ ހެޔޮ އަމަލުތަކުން އެދަރިވަރަކަށް ކިޔަވައިދޭން އެހީތެރިވި މީހާއަށް ޙައްޤު މިންވަރު ﷲ ތަޢާލާ ދެއްވަވާނެތީ. ދީނީ ޢިލްމުވެރިން އުފައްދަން މަސައްކަތްކުރުމަކީ އެތައް ގޮތަކުން ޘަވާބާ ނިޢްމަތް އިތުރުވެގެންދާނެ ކަމެއް! އެމަސައްކަތް އިތުރުކުރުމަށް ފުދުންތެރިންނަށް އަޅުގަނޑު މިފުރުޞަތުގައިވެސް އިލްތިމާސްކުރަން!

ޙުސައިންބެ އެވަނީ ދުނިޔެ ދޫކުރައްވާފަ! ނަމަވެސް ޙުސައިންބެ ދޫކުރެއްވެވި އެހެން މީހުންނަށް ފައިދާކުރާނެ ޢިލްމު ދެމިހުންނާނީ ދެމެހެއްޓެނިވި ޞަދަޤާތެއްގެ ގޮތުގަ. އެއީ މީހާ މަރުވުމަށްފަހު އެކަމަކުން ފައިދާކުރާނެ އެއް ކަންތައް. ޙުސައިންބެ އެވަނީ ސްކޫލް އަޅުއްވައި ދެއްވާފަ. އިސްލާމް ދީނަށް ޚިދުމަތްކުރައްވާނެ ޢާލިމުންނާ ޙާފިޡުން އުފައްދަވާފަ! މިސްކިތްތައް އަޅުއްވައިދެއްވައިފަ! ބައެއް މިސްކިތް އަޅަންވެސް އެހީތެރިވެދެއްވާފަ! 

ވީމާ އަޅުގަނޑަށް ފެނުނު ގޮތުގައި ޙުސައިން ޢަބްދުﷲ ދުނިޔޭގެ ދަތުރު ނިންމަވައި އާޚިރަތުގެ ދަތުރަށް ފުރާވަޑައިގަތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެން! ފޮށިތަންމަތި ހަމަކުރައްވައިގެން. އިން ޝާ ﷲ "

- ޢަބްދުއްލަޠީފް ޢުމަރު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް