އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިސްލާމިކް މިނިސްޓްރީގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

އިސްލާމިކް މިނިސްޓްރީގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އިސްލާކިމް އެފެއާޒް ޑރ އަޙްމަދު ޒާހިރާއި އެމިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައި ކޯވިޑް-19ގެ މި ހާލަތުގައި އެމިނިސްޓްރީގެ މަސައްކަތްތައް ކުރިޔަށްގެންދަވާ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިޔަށްގެންދެވޭ ގޮތްތަކާއި އެކަންކަމުގައި ހުރިދަތިތަކާ ބެހޭގޮތުންނާއި ކޯވިޑ-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށްފަހު ދެން ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވަނީ އެމިނިސްޓްރީގެ ދަށުން މިދުވަސްވަރު ކުރަމުން އަންނަ މައިގަނޑު މަސައްކަތްތައް ފާހަގަކުރައްވައި ޚާއްޞަކޮށް މި ރަމަޟާންމަހު ދީނީ ޕްރޮގްރާމްތަކާއި ދަރުސްތައް ދިނުމަށް ކުރި އިންތިޒާމުތައް ފާހަގަކުރައްވާފައެވެ. އަދި ޒަކާތުގެ ކަންކަމާއި މިއަހަރުގެ ޙައްޖާބެހޭގޮތުން އެންމެ ފަހުގެ މަޢުލޫމާތުތައް މިނިސްޓްރީގެ އޮފިޝަލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ޤުރުއާނާބެހޭ މަރުކަޒުން ކުރިޔަށްގެންދާ ކޯސްތަކާއި ރަށްރަށުގައި ކުރިޔަށްގެންދާ ޤުރުއާންކުލާސްތަކާ ބެހޭގޮތުންނާއި ޤުރުއާން ޓީޗަރުން ބޭނުންވާ ވަރަށް ނުލިބުމުގެ މައްސަލައާއި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދެވޭ ގޮތާބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤުރުއާނާބެހޭ މަރުކަޒުގެ ކަންކަން ހަރުދަނާކޮށް އެތަނުގެ ޚިދުމަތް ފުޅާކުރުމަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެނައުމުގެ މަސައްކަތް ވީހާވެސް ބާރު ސްޕީޑެއްގައި ކުރިޔަށްގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިސްކިތްތައް ބިނާކުރުންފަދަ ކަންކަމުގައި އިމާރާތުގެ ފެންވަރު ކަށަވަރުކުރުންފަދަ ކަންކަމާއި ތަނުގެ ބޭނުން ހިފާ ހުރިހާ ފަރާތްތަކަށް އެންމެ ފުރިހަމައަށް ބޭނުން ހިފޭނެގޮތްތަކަށް ޑިޒައިންކުރުމުގައި އިސްކަންދިނުންފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމަ އެހެންމެ ކޯވިޑް-19ގެ ހާލަތަށްފަހު މިސްކިތްތައް ހުޅުވޭއިރު ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމާއި ޤުރުއާން ޓީޗަރުން އުފެއްދުމާއި އަތޮޅުތަކުގައި ޤުރުއާން ކުލާސްތަކުގެ ކަންކަން ހަރުދަނާކޮށް ކުރިޔަށްގެންދިއުމުގެ މުހިންމުކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު