އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަޅައިގަތީ މުސްލިމެއްކަމަށް ހީކޮށް "އޮޅިގެން" ކަމަށް ބުނެ އިންޑިއާ ފުލުހުން ވަކީލުގެ ކިބައިން މާފަށް އެދިއްޖެ!

ތަޅައިގަތީ މުސްލިމެއްކަމަށް ހީކޮށް "އޮޅިގެން" ކަމަށް ބުނެ އިންޑިއާ ފުލުހުން ވަކީލުގެ ކިބައިން މާފަށް އެދިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ނިއު ދިއްލީ: މަދްޔަ ޕްރަދޭޝްގެ ވަކީލެއް ގައިގާ މާރޗް މަހުގެ 23 ވަނަ ދުވަހު ތަޅައިގަނެވުނީ، އޭނާއަކީ މުސްލިމެއް ކަމަށް ހީކޮށް "އޮޅިގެން" ކަމަށް އެޤައުމުގެ ފުލުހުން ބުނެ މާފަށް އެދިއްޖެއެވެ.

ވަކީލެއް ކަމަށްވާ ދީޕަކް ބަންޑޭލް އެދުވަހު ދިޔައީ ސަރުކާރު ހޮސްޕިޓަލަށް ފަރުވާއަށް ކަމަށާއި އެއިރު އިންޑިއާ ލޮކްޑައުން އެއް ވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް 144 ވަނަ މާއްދާއާއި އެއްގޮތަށް އޭނާއާއިމެދު އަމަލު ކުރިކަމަށާއި އޭނާއަކީ ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުމުގެ ބައްޔަށް މިދިޔަ 15 އަހަރުން ފެށިގެން ބޭސް ކުރަމުން އަންނަ މީހެއް ކަމުގައި ބުނުމުން ވެސް އެކަމަށް ފަރުވާލެއް ނުބެހައްޓާ އޭނާ ގައިގާ ތަޅައިގަތް ކަމަށް ދީޕަކް ބުންޏެވެ. 

ދީޕަކް ބުނި ގޮތުގައި ހޮސްޕިޓަލަށް ދާން އުޅުމުން ފުލުހުންގެ މީހަކު އެދުވަހު އޭނާ ހުއްޓުވިއެވެ. ހޮސްޕިޓަލަށް ދަނީ ޑޮކްޓަރަށް ދައްކާ ބޭސް ނެގުމަށް ކަމަށާއި އެފަދައިން ނުހުއްޓުވޭނެ ކަމަށް ބުނުމުން، އެފުލުސް މީހާ ރުޅިއައިސް ދީޕަކްގެ މޫނުމަތީގައި ޖެހި ކަމަށާއި އެހެން ފުލުހުން ވެސް ދަނޑިބުރިތަކުން ތެޅިކަމަށް ދީޕަކް ބުންޏެވެ.

ދީޕަކް މިހާރު ވަނީ އެފުލުހުންނާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. އަދި ފުލުހުން މިކަމާއި ގުޅިގެން ދީޕަކް ކައިރިން މާފަށް އެދި ބުނީ، އޭނާ ގައިގާ ތަޅައިގަނެވުނީ، އޭނާގެ ތުނބުޅި ހުރީމަ އެއީ މުސްލިމެއް ކަމަށް ހީކޮށް "އޮޅިގެން" ކަމަށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ