އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަރަކާތްތެރި ޢީދަކަށް އެދެމު! މިއަދުނޫހުގެ ކިޔުންތެރިންނަށާ ބައިވެރިންނަށާ ދަރުސް ދެއްވި ޢިލްމުވެރިންނަށް ވަރަށް ބޮޑަށް ޝުކުރިޔާ!

ބަރަކާތްތެރި ޢީދަކަށް އެދެމު! މިއަދުނޫހުގެ ކިޔުންތެރިންނަށާ ބައިވެރިންނަށާ ދަރުސް ދެއްވި ޢިލްމުވެރިންނަށް ވަރަށް ބޮޑަށް ޝުކުރިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ނިމި ބަރަކާތްތެރި ޢީދަކަށް މުޅި އިސްލާމީ އުންމަތް ކުރިމަތިލީއެވެ. މި ފުރުޞަތުގައި ޚާއްޞަކޮށް މިއަދުނޫހުގެ ކިޔުންތެރިންނަށާއި ބައިވެރިންނަށާއި ރަމަޟާން މަހުގެ ދުވަސްތަކުގައި މިއަދުނޫހަށް ޚާއްޞަކުރައްވައިގެން ދަރުސް ދެއްވި ދީނީ ޢިލްމުވެރިންނަށް ބަރަކާތްތެރި ފިޠުރު ޢީދަކަށް އެދި ދުޢާކުރަމުއެވެ. 

މީގެ ކުރީ 5 އަހަރު ރަމަޟާންމަހުގެ ކޮންމެ ދުވަހަކު މިއަދުނޫހާއި އަލްކައުން ގުޅިގެން ވާނީ މިސްކިތްތަކުގައި ދަރުސް ދެވިފައެވެ! އެ ފުރުޞަތު މިއަހަރު ނެތުމުން މިއަދުނޫހުން މަސައްކަތްކުރީ ދީނީ ޢިލްމުވެރިން ގޭގައި ތިއްބަވައިގެން ދެއްވާ ދަރުސްތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ! 

އެ މަސައްކަތް ކާމިޔާބުކުރެވުނީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވެވުމުންނެވެ. އަދި ޝައިޚް ޢިއްޒުއްދީން ޢަދްނާން އާއި ޝައިޚް އިލްޔާސް ޙުސައިންގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ! އަދި ދަރުސްތައް ގެނެސް ދިނުމަށް ޝައިޚް އިބްރާހީމް ފަރީދު އާއި ޑރ. އިޔާޟް ވަނީ ވަރަށް ނުތަނަވަސްވަގުތުތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އަދި މިނޫންވެސް ވަރަށް ގިނަ ޢިލްމުވެރިންގެ އެހީތެރިކަން ވަނީ ލިބިފައެވެ. އެކަމަށްޓަކައި ހުރިހާ ޢިލްމުވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ! 

މިއަހަރުގެ ރަމަޟާން މަހު ގެނެސްދެވުނު ދަރުސްތަކުގައި ކިޔުންތެރިންނަށް ވަރަށް މުހިންމު ވަރަށް ގިނަ މައުލޫމާތުތައް ވާނީ ގެނެސްދެވިފައެވެ. އަދި ދަރުސްތައް ވާނީ މިއަދުނޫހުގެ ޔޫޓިޔުން އެކައުންޓަށް އަޕްލޯޑްކުރެވިފައެވެ. އެހެންކަމުން އެ މައުލޫމާތު އަބަދުވެސް ލިބެން ހުންނާނެކަން ފާހަގަކުރެވެއެވެ. 

ދީނީ ގޮތުން ރައްޔިތުން ހޭލުންގެތެރިކަން އިތުރުކުރަން މިއަދުނޫހުން ކުރަމުން ގެންދާ މަސައްކަތްތަކަށް ދައުލަތުގެ އެންމެ އިސް ބައެއް ބޭފުޅުން ދެއްވާ ހިތްވަރު ފާހަގަކޮށް އެކަމަށްޓަކައި އެބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ! 

ރަމަޟާން މަސް ނިމުނު ނަމަވެސް އަޅުކަމުގައި ސާބިތުވެ ތިބުމަށް ދީނީ ޢިލްމުވެރިން ދެއްވަމުން ގެންދަވާ އިރުޝާދަށް ޢަމަލުކުރުމުގެ ގޮތުންނާއި މިއަދުނޫހުގެ ޕޮލިސީއަށް ގެނެސްފައިވާ ބަދަލުގައި ސާބިތުވެ ތިބުމުގެ ގޮތުން ރަމަޟާން މަސް ނިމުނު ނަމަވެސް މުހިންމު ދީނީ މައުލޫމާތު ގެނެސް ދިނުމަށް ކުރާ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް އިތުރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން މިއަދުނޫހުގެ ކިޔުންތެރިންނަށާއި ބައިވެރިންނަށް މިފުރުޞަތުގައިވެސް އަރުވަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް