އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާވެރި ހަނދާންތަކެއް! ސައުދީގަ ހުންނެވި އިނގިރޭސި ސަފީރު ސައިމޮން ކޮލިންސް "ޙާޖީ ސައިމޮނަށް!"

އުފާވެރި ހަނދާންތަކެއް! ސައުދީގަ ހުންނެވި އިނގިރޭސި ސަފީރު ސައިމޮން ކޮލިންސް "ޙާޖީ ސައިމޮނަށް!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

އިނގިރޭސި ސަފީރެއްގެ ގޮތުގައި ސައިމޮން ކޮލިންސް އިރާޤް، ތޫނިސް، އުރުދުން، ޤަތަރު، ސީރިޔާ ފަދަ ޤައުމުތަކުގައި ޚިދުމަތްކުރެވެވުމަށްފަހު ސަފީރެއްގެ ގޮތުގައި ސައުދިޢަރަބިޔާއަށް ވަޑައިގަތީ 2015 ވަނައަހަރުއެވެ. 

2016 ވަނަ އަހަރު ޙައްޖު މޫސުމުގައި މުޅި ދުނިޔެއަށް ފެނިގެންދިއައީ ސައުދީގައި ހުންނެވި އިނގިރޭސި ސަފީރު ސައިމޮން ކޮލިންސް، "ޙާޖީ ސައިމޮން" އަށް ބަދަލުވުމުންނެވެ. އިސްލާމްވެވަޑައިގެން ޙައްޖުވެވަޑައިގަތުމުންނެވެ. އެ އަހަރު އިނގިރޭސިވިލާތުގެ 19000 މުސްލިމުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރިއެވެ.

އެ ޙައްޖުވެރިންގެ ތެރޭގައި އިހްރާމް ހެދުންކޮޅުގައި ސައިމޮން ކޮލިންސް ހުންނަވަނިކޮށް ފެނުމުން އެންމެ އެންމެ ގިނަ ބައަކަށް ސިހުން ލިބުނީ ސައިމޮން އިސްލާމްވެވަޑައިގެންނެވިކަން ކުރިން އިޢުލާނުކުރައްވަވާފައި ނެތުމުންނެވެ! އެއްވެސް ބައަކަށް އެކަން އެންގެވިކަން އެއްވެސް މީޑިއާއަކުން ހާމްކޮށްފައި ނުވުމެވެ! 

ޢަރަބި ގިނަ ޤައުމުތަކެއްގައި އުޅުއްވެވުމުންނާއި ދަސްކުރެވުމުން ސައިމޮން އަކީ ޢަރަބިބަހަށް ވަރަށްފަރިތަފުޅު ބޭފުޅެކެވެ. އެހެންކަމުން ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ސައިމަން އަށް އިސްލާމް ދީނުގެ ހިދާޔަތް ލިބިވަޑައިގަތުމުން އެއީ ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫނެވެ! 

ދުޢާއަކީ ﷲ ތަޢާލާގެ ދީން ފެތުރިގެން ދިއުމެވެ. މިއަދު ދުނިޔެގެ އާބާދީގެ ތިންބައިކުޅަ އެއްބައެވެ! ލަހެއް ނުވެ އާބާދީގައި އެންމެ ގިނައީ މުސްލިމުން ކަމުގައި ވެގެންދާނެ ކަމަށް މިއަދުގެ ހިސާބުތައް ދައްކައެވެ! އިން ޝާ ﷲ އެގޮތަށް އެކަން ވެގެންދާނެއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް