އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ ސިޓީގެ މިސްކިތްތަކަށް ކުޑަކަމުގޮސް، ނިދައި ކައިބޮއި ހަދާ ހާލިތަކަކަށް!

މާލެ ސިޓީގެ މިސްކިތްތަކަށް ކުޑަކަމުގޮސް، ނިދައި ކައިބޮއި ހަދާ ހާލިތަކަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މީހުން ކުޑަކަމު ގޮސް ނިދައި ކައިބޮއި ހަދާ ހާލިތަކަކަށް މާލެ ސިޓީގެ ބައެއް މިސްކިތްތައް މިހާރު ބަދަލުވެފައިވާ ކަމުގެ މައުލޫމާތު މިއަދުނޫހަށް ލިބިއްޖެއެވެ. ބައެއް ފަރާތްތަކުން ވަނީ މިކަމުގެ މައުލޫމާތު ފެންނަ ބައެއް ފޮޓޯތައްވެސް މިއަދުނޫހާއި ހިއްޞާކޮށްފައެވެ. 

މީގެ އިތުރުން މިސްކިތްތަކަށާއި ފެންއިސްކުރުބަރިތަކަށް ގެއްލުން ދިނުމުގެ ބައެއް އަމަލުތައް ކުރަމުން ގެންދާ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން ކުޑަކަމުދިއުމަށްފަހު އެފަދަ ތަކެތި މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

މިކަންކަން ހިނގާކަމުގެ މައުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްޞާކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެކަންކަން ބަލައި ހުއްޓުވުމަށް އަދި މިހައިތަނަށް އެއްވެސް ކަމެއް ކުރެވުނުކަން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ. 

މިސްކިތްތަކުގައި ނަމާދުކުރުން ހުއްޓުވީ އެޗްޕީއޭގެ އިރުޝާދަށް އިސްލާމިކް މިނިސްޓްރީންނެވެ. މިސްކިތްތައް ބަންދުކޮށް ޓޭޕް ދެމީ ފުލުހުންނެވެ. މިސްކިތްތައް ބެލެހެއްޓުމަކީ މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މިބާވަތުގެ ޝަކުވާތަކެއް ލިބެމުން އަންނާތީ އެކަމުގެ މައުލޫމާތު މިސްކިތްތައް ބެލެހެއްޓުން ހަވާލުކޮށްފައިވާ މާލޭ ސިޓީ ކައުންސިލާއި ހިއްޞާކޮށްފައިވާނެ ކަމަށެވެ. ސިޓީ ކައުންސިލުގެ ބޭފުޅަކު ވިދާޅުވީ މިސްކިތްތަކުގެ ގޯތި ތެރެއާ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާނެ ކަމަށެވެ. 

ބިންމަތީގައި ހުރި ﷲ ގެ ގެކޮޅުތަކަށް ގެއްލުންދީ އެތަންތަނުގެ ޙުރުމަތް ކަނޑައި މިފަދައިން ހަޑިމުޑުދާރުކުރަމުން ގެންދާނަމަ އެކަން ހުއްޓުވަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއްކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް