އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުންފަތު ޖުރިމަނާ ކުރުން ބޯޑުތަކާ ޙަވާލު! މިސްކިތް ބެލެހެއްޓުން ޕޮލިސް ޓޭޕްތަކާ ޙަވާލު!

ދުންފަތު ޖުރިމަނާ ކުރުން ބޯޑުތަކާ ޙަވާލު! މިސްކިތް ބެލެހެއްޓުން ޕޮލިސް ޓޭޕްތަކާ ޙަވާލު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

- މިސްކިތް ނަޖިސްކުރުމާ ވައްކަން ބާރަށް ކުރިއަށް!

 

ދުންފަތުގެ އިސްތިއުމާލުކުރުމުން ޖުރުމާނާކުރަން އެތަންތަނުގައި ހަރުކޮށްފައި ހުރި ޕްލާސްޓިކް ބޯޑުތަކަށް އެޗްޕީއޭއިން ހަވާލުކުރިފަދައިން މިހާރު މާލެސިޓީގެ މިސްކިތްތައް ބަލަހައްޓަން ޙަވާލުކޮށްފައިވަނީ މިސްކިތުގެދޮރުގައި ދަމާފައި ހުރި ޕޮލިސް ލައިނާ ކަމަށް ބެލެވެއެވެ. 

ރަމަޟާން މަހު ހެނދުނު ބިހުރޯޒްކަމަނާ މިސްކިތުގައި ފަރާޓާ އާއި މަސްރިހަ ކައި ފެންބުއިމަށްފަހު ދިއައީ ނުކެވި ބާކީ ހުރިތަކެތި މިސްކިތުގައި ބެހެއްޓުމުގެ އިތުރުން ފެން ބުއިމަށްފަހު ފުޅިއަށް ކުޑަކަމުވެސް ގޮސް އެ ފުޅިވެސް ބަހައްޓައިފައެވެ. 

މިމައްސަލައާއި މިސްކިތުގެ އިމާމްބަންގިގޮވައި ނަމާދުކުރަން ސަޖިދައަށް ދިއަ ވަގުތު ވޮލެޓާއި ފޯނު ނަގައިގެން ފިލަން އުޅުނު މައްސަލައެއް ވަނީ ފުލުހުންނަށްހުށަޅާފައެވެ. 

ބިހުރޯޒު ކަމަނާމިސްކިތުގެ ދޮރުވެސް ވަނީ ހަލާކުކޮށްލައިފައެވެ. ޠޮއިބާ މިސްކިތުގައި ހުރި ފަންކާ ވެސް ވަނީ މީގެ 4 ވަރަކަށް ދުވަސްކުރިން ވަގަށް ނަގައިފައެވެ. 

ޕޮލިސްލައިން ދަމާފައި ހުންނާތީ ﷲ އަށް ސަޖިދަކުރަން މިސްކިތަކަށް ނޭރެއެވެ. ނަމަވެސްކައިބޮއި ނިދައި ނަޖިސްކުރަން މިހާރުވެސް މިސްކިތަށް އެރެއެވެ. 

މިޚަބަރުގައި އެވަނީ މަސްޖިދު މުޙައްމަދު ޖަމީލް ދީދީގައި މީހަކު ނިދަން އޮތް ފޮޓޯއެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް