އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތޮޅު" ބޯޓު އަޑިއަށް! 5 ފަޅުވެރިން ކޯސްޓްގާޑުން ސަލާމަތްކޮށްފި!

ފަތޮޅު" ބޯޓު އަޑިއަށް! 5 ފަޅުވެރިން ކޯސްޓްގާޑުން ސަލާމަތްކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 34 ސިކުންތު

ކ. ކާށިދޫ އިން ފުރައިގެން ހއ. ދޮނަކުޅިއަށް ދަތުރުކުރި "ފަތޮޅު ބޯޓު" އަޑިއަށް ގޮސްފައިވާ ކަމަށާއި އެއިގެން ދަތުރުކުރި 5 މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިގެން ކޯސްޓްގާޑަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ބޯޓޫގައި ތިބިކަމަށްވަނީ 4 ފަޅުވެރިންނާ ބިދޭސީއެކެވެ. އެމީހުން ގެންދާނީ ސިފައިނަގެ މަރުކަޒެއް ކަމަށްވާ ޅ. މާފިލާފުށްޓަށެވެ.

އެމްއެންޑީއެފުން ބުނީ ކާށިދޫ އާ 9 މޭލު ބޭރުން އިންޖީނު ހުއްޓުނީ ކަމަށާއި އެއަށްފަހު ދިޔަވަމުން ގޮސް އަޑިއަށް ދިއައީ ކަމަށެވެ. މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ 12:29 ގައި ކަމަށާއި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް