އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަށްރަށުގަ ތިބި ދަރިވަރުންނަށް ރަށު ސްކޫލަށް ދެވޭނެ! މާލޭ ސްކޫލުން ޖާގައެއް ނުގެއްލޭނެ!: އެޑިޔުކޭޝަން

ރަށްރަށުގަ ތިބި ދަރިވަރުންނަށް ރަށު ސްކޫލަށް ދެވޭނެ! މާލޭ ސްކޫލުން ޖާގައެއް ނުގެއްލޭނެ!: އެޑިޔުކޭޝަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

ރާއްޖެތެރޭ ރަށްރަށުގައި މިވަގުތު ތިބި މާލޭ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ރަށުގެ ސްކޫލްތަކުގައި ޖާގަ އޮތްނަމަ ކިޔެވުމުގެ ފުރުޞަތު ހަމަޖެހޭނެ ކަމަށާއ އެކަމުގެ ސަބަބުން މާލޭގައި ކިޔަވާ ސްކޫލުގެ ޖާގަ ނުގެއްލޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. 

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން މީޑިއާ އޮފިޝަލް ވިދާޅުވީ ފޯމެއް ފުރުމުންވެސް އެކަން ހަމަޖެހޭނެ ކަމަށާއި އަދި އެރަށެއްގެ ސްކޫލަށް ސިޓީއެއް ލައިގެންވެސް އެކަން ހަމަޖެހޭނެ ކަމަށެވެ. އަދި ރަށު ސްކޫލުން ޖާގަ ހަމަޖެހޭނީ ސްކޫލްތަކުގައި ޖާގަ އޮތްވަރަކުން ކަމަށެވެ. 

މީޑިއާ އޮފިޝަލް ވިދާޅުވީ މިގޮތަށް ޖާގަ ހަމަޖައްސައިދެވޭނީ އެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންގެ އަދަދު 2000 އަށްވުރެ ގިނަ ނުވާ ސްކޫލްތަކުގައި ކަމަށެވެ. 

ތައުލިމީ ވަޒީރު ިކަން އިއުލާނުކުރައްވާފައިވީނަމަވެސް ބައެއް ސްކޫލްތަކަށް ރަސްމީގޮތެއްގައި އެކަން ނެގިފައި ނެތްކަމަށް ބައެއް ސްކޫލްތަކުން ބުނާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް