އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

4 އަހަރުގެ ހުޒައިލަށް އެހީތެރިވެދެއްވާ!

4 އަހަރުގެ ހުޒައިލަށް އެހީތެރިވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ޢުމުރުން 4 އަހަރު ފުރި އަދި 5 އަހަރު ނުފުރޭ ހުޒައިލް ބިން ހޫދު ޢަބްދުލްޣަފޫރަކީ ފިޓްޖެހޭ ކުއްޖެކެވެ. ރާއްޖެއިން ދެވޭނެ ފަރުވާއެއް ނެތިގެން ފަރުވާ ހޯދަނީ އިންޑިއާއިންނެވެ. ފެބްރުވަރީ މަހު ހުޒައިލްގެ މައިންބަފައިންނަށް އަންގާފައިވަނީ 2 މަސްފަހުން ބޭސް ބަދަލުކުރަން އިންޑިއާއަށް ދިއުމަށެވެ. 

ނަމަވެސް ކޮވިޑްގެ ކަންކަން މެދުވެރިވުމުން ދަތުރުފަތުރުހުއްޓުމާއި އެހީލިބުމުގައި ދަތިތައް ކުރިމަތިވުމުން ހުޒައިލްއަށްވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ދެވޭނެ ގޮތެއް އަދި މެދުވެރިނުވެފައެވެ. 

"ދަރިފުޅަށް ފިޓްޖެހެން ފެށީ 4 އަހަރު ފުރުނު ފަހުން. އިންޑިއާއިން ބޭސްދީފަ ބުނީ 2 މަސް ފަހުން ބަލާފަ ބޭސް ބަދަލުކުރަންޖެހޭނެ ކަމަށް. އެހެންވީމާ ނުގޮސް އެކަން ކުރެވޭނެ ގޮތެއް ނެތް. ރާއްޖެއިން ފަރުވާ ލިބެން ނެތިގެން ފުރަތަމަވެސް އިންޑިއާއަށް ދިއައީ. އުންމީދު މިކުރަނީ މިކަމުގައި އަޅުގަނޑުމެންގެ ދަރިފުޅަށް އެހީ ލިބޭނެ ކަމަށް." 

ހުޒައިލްގެ މަންމަ ބުނީ ބޭސް ދިނުމުން ރަނގަޅުވަމުން އަންނަ ކަމަށާއި ނަމަވެސް މިހާރުވެސް ފިޓްޖެހިގެން ވެއްޓުން ފަދަ ކަންކަން މެދުވެރިވާ ކަމަށެވެ. ޢާއިލާއަށް ލިބޭ އާމްދަނީން ކިރިޔާ ދިރިއުޅެވެލެވެނީ ކަމަށާއި ބޭސްފަރުވާ ކުރެވޭނެ އެއްވެސްފަދައެއް އަތުގައި ނެތް ކަމަށެވެ. އެހެންކަމުން ތުއްތު ދަރިފުޅު ހުޒައިލް ބަލިން ސަލާމަތްކުރެވޭތޯ ކުރާ މަސައްކަތަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމަށް އެދޭ ކަމަށެވެ! 

ވަފާ ޢަބްދުﷲ (މަންމަ) ފޯން: 7669254 

ބޭންކް އކައުންޓް ނަމަބަރު: 7730000221369 Wafa Abdhulla

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު