އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަށާވީސް މިލިއަން ރުފިޔާގެ 2 ޕްރޮޖެކްޓްގައި ސަރުކާރާއި އދ އިން ސޮއިކޮށްފި

އަށާވީސް މިލިއަން ރުފިޔާގެ 2 ޕްރޮޖެކްޓްގައި ސަރުކާރާއި އދ އިން ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

28.3 ޕްރޮޖެކްޓެއްގެ ޕްރޮޖެކްޓް ޑޮކިއުމެންޓްގައި ދިވެހި ސަރުކާރާއި މާލޭގައި ހުންނަ އދގެ އޮފީހުން ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ޑޮކިއުމެންޓްތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި އދގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލް އެވެ.  

މީގެ ތެރެއިން ފުރަތަމަ ޕްރޮޖެކްޓަކީ ޖޮއިންޓް އެސް.ޑީ.ޖީ ފަންޑުން ޚަރަދުކުރާ ޕްރޮޖެކްޓެކެވެ. މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވަރކް އެއް އޮޕަރޭޝަނަލައިޒް ކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރާއި، އދގެ އެޖެންސީތަކާ އަދި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މި ޕްރޮޖެކްޓަށް 21.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެއެވެ. މިއީ މޫސުމީ ބަދަލުތަކާއި، އިޖްތިމާޢީ މުހިއްމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި މާލީ ރޭވުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ ދުރުރާސްތާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު އެހީއެކެވެ.  

ދެވަނަ ޕްރޮޖެކްޓަކީ ކޮވިޑް-19 ގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އދ އާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ކޮވިޑް ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނަރ ޓްރަސްޓް ފަންޑުންނެވެ. ކުރިއަށް އޮތް 5 މަސް ދުވަހުގެ މުއްދަތަށް، ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގަޔާއި، ވަލްނަރަބަލް ކޮމިއުނިޓީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުން އިތުރަށް ހަރުދަނާކުރެވޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި އދގެ ފަރާތުން ފޯރުކޮށްދިން މި އެހީތެރިކަމަށް އެޖަމާޢަތަށް ޝުކުރު އަދާކުރައްވާފައެވެ. 

އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ ކޮވިޑް އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގަޔާއި، 2030 އެޖެންޑާ ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަލުވިކުރުމަށް އދގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

 

- ދިވެހި ޚާރިޖިއްޔާ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް