އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާމުން ނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ މަސައްކަތަކުގެ ބޮޑު ބައެއް ވަނީ ނިމިފަ: ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ

އިމާމުން ނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ މަސައްކަތަކުގެ ބޮޑު ބައެއް ވަނީ ނިމިފަ: ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

މިސްކިތްތަކުގެ އިމާމުން ނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ މަސައްކަތަކުގެ ބޮޑު ބައެއް ވަނީ ނިމިފައިވާކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ޑރ.ޒަކަރިއްޔާ މޫސާ މިހެންވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިސްވެރިން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ.ޒަކަރިއްޔާ މޫސާ ވިދާޅުވީ މިސްކިތްތަކުގެ އިމާމުން ތަމްރީނުކުރުމަށް މިނިސްޓްރީން ނިންމާފައިވުމާއެކު، އިމާމުން ޑިގްރީ ފެންވަރަށް އައިޔޫއެމްގައި ކިޔަވައިދިނުމަށް ހަމަޖައްސަންޖެހޭ މަސައްކަތަކުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށާއި އަދި މިފަދަ ތަމްރީނުތަކަށް އައިޔޫއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރ އަށްވަނީ އަރުވާފައެވެ.

ޑރ.ޒަކަރިއްޔާ މޫސާ ވިދާޅުވިގޮތުގައި އިސްލާމީ ޔުނިވަރސިޓީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްދާކަމުގައި ވިދާޅުވިއެވެ. މިގޮތުން ރ.އުނގޫފާރު އިސްލާމީ މަރުކަޒުގައި ލާރނިން ސެންޓަރެއް ޤާއިމްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. މިކަމުން އަތޮޅުތަކުގައި ތިބޭ ދަރިވަރުންނަށް ޢިލްމު ފޯރުކޮށްދިނުމަށް އިތުރު މަގެއް ފަހިވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. ހަމައެހެންމެ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކަންކަން ހަރުދަނާކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގުމާއި އަދި ކިންގް ސަލްމާން މިސްކިތުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އަދާކުރެވިދާނެ ދައުރަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ، މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި މިނިސްޓްރީގެ މުވައްޒަފުންގެ ކުރިއެރުމަށް އިސްލާމީ ޔުނިވަރސިޓީ އަކީ ވަރަށް މުހިއްމު ތަނެއްކަމުގައި ވަނީ ވިދާޅުވެފައެވެ. މިގޮތުން އިމާމުން ތަމްރީނު ކުރުމަށް އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ފުރުޞަތުގައި އައިޔޫއެމްގެ ފަރާތުން މިނިސްޓްރީއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް މިނިސްޓަރ ވަނީ ޝުކުރުދަންނަވާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު