އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ ބޮޑު ނުރައްކަލެއްގަ! ކޮރޯނާއިން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން އެންމެން ދެއަތް އުފުލާލުން ނޫން ގޮތެއް އެބައޮތްތޯ؟

ރާއްޖެ ބޮޑު ނުރައްކަލެއްގަ! ކޮރޯނާއިން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން އެންމެން ދެއަތް އުފުލާލުން ނޫން ގޮތެއް އެބައޮތްތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރެމުން މިދަނީ ވަރަށް ގިނަ މިންވަރަކަށެވެ. ދުވާލަކު ބަލިޖެހޭ މީހުންގެ އަދަދު މިވަނީ އިންތިހާއަށް އިތުރުވެފައެވެ! ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ އަދަދު އިތުރުވަމުން މިދަނީ އިންތިހާއަށް ބިރުގަންނަން ޖެހޭ މިންވަރަށެވެ. ކޮންމެ ދުވަހަކުވެސް މިއިވެނީ އިތުރު ރަށްރަށަށް ފެތުރޭ ވާހަކައެވެ. 

މާސްކާއި ޝީލްޑް އެޅިދާނެއެވެ. ބޮޑު ރަބަރު ހެދުން އެޅިދާނެއެވެ. އަޑުއިވޭގޮތުން އެ ރަބަރު ހެދުން އަޅާ އެތައް ބައަކު މިހާރުވެސް ވަނީ ނުރައްކަލުގެ ތެރޭގައެވެ. 

މިކަންކަމަށް ވިސްނައިލުން ކީއްހެއްޔެވެ؟

އެއްވެސް މުޞީބާތަކުން ސަލާމަތްވުމުގެ އެއްވެސް ބާރެއް އެއްވެސް މީހަކަށް އޮތްނަމަ އެ ބާރުގަދަ ނަމްރޫޛަށް އެކުޑަކުޑަ މަދިރީގެ ކިބައިން ސަލާމަތްވެވުނީހެވެ! އެ މުއްސަނދި ޤާރޫނަށް ބިމުގެ އަޑިއަށް ގަންބަވައި ނުގަނެ ސަލާމަތުން ހުރެވުނީހެއެވެ. ކަލަކުކަމަށް ދައުވާކުރި ފިރުއަޢުނަށް ޣަރަޤުވުމުން ސަލާމަތްވެވުނީހެވެ! 

ވާހަކަ ދެއްކުމުގައި ކޮންމެ ނަމެއްކީ ނަމަވެސް ކޮންމެ ގޮތަކަށް ސިފަކުރި ނަމަވެސް ކޮރޯނާއިން ސަލާމަތްވުމަށް ހަމަ އެއްވެސް މީހެއްގެ އެއްވެސް ބާރެއް ނެތެވެ. އެބާރު އޮތްނަމަ ދުނިޔޭގެ އެންމެ ބާރުގަދަ ކަމަށް ދައުވާކުރާ ޤައުމުތަކަށް ބާރުގެ ބޭނުން ކުރެވުނީހެވެ! 

ރާއްޖޭގެ ޙާލަތަށް ބަލައިފިނަމަ ބަލިފެތުރޭ މިންވަރު އިންތިހާއަށް އިތުރުވަނީއެވެ. ބޯޑަރު ހުޅުވައި އެތައް ދުވަހެއްވީއިރުވެސް ފަތުރުވެރިން އައީ މީގެ ކުރިން އެންމެ ދުވަހަކު އަންނަ އަދަދަށްވުރެވެސް މަދުންނެވެ. ޑޮލަރު ހުސްވެ 19 ރުފިޔާއަށް އަރަނީއެވެ. 

މިއީ ހަމަ އެންމެން ވީހައި ގިނައިން ދެއަތް އުފުލައި ދުޢާކުރަންވީ ވަގުތެވެ! ކުރިމަތިވެފައިވާ ކަންކަމުން ސަލާމަތްކޮށްދެއްވެވުން އެދިއެވެ. ރާއްޖެއިން ކޮރޯނާ ނެތިކުރެއްވެވުން އެދިއެވެ. ރައްޔިތުންނާއި ޤައުމުގެ ތަނަވަސްކަމަށް އެދިއެވެ. 

ހަމަ އެއާއިއެކު ﷲ މަތިވެރިކުރަން ސަރުކާރަށް އެބަޖެހެއެވެ! ﷲ އަށް ގޮންޖަހައި ﷲ ގެ ޙައްޤުފުޅުތަކަށް އަރައިގަތުމަކީ ކުށެއް ކަމަށް ދެކެން އެބަޖެހެއެވެ. އެކަން ތަކުރާރުވިއަނުދިނުމަށް ފިޔަވަޅު އަޅަން ޖެހެއެވެ! ދިވެހިންގެ ދީނީ ވަހުދަތު ހިމާޔަތްކުރަން އެބަޖެހެއެވެ! 

ދުޢާއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަތުން އަރައިގަނެވުމެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް